ރިލްވާނާއި ޔާމީންގެ މަރު: އިސޫވެސް ދޫކޮށްލައިފި

ޝަރުތުތަކެއް ކޮށްފައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިސޫ ދޫކޮށްލީ ގެއިން ބޭރަށް ނުކުތުން ވެސް ލިމިޓްކޮށްފައި ކަމަށް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ އަހަނދު (ކ)، މުއާ (މ) އަދި އިސޫ (ވ)

ބްލޮގަރު ޔާމީން ރަޝީދުގެ މަރާއި ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ތިން މީހުންގެ ތެރެއިން އިސްމާއީލް އަބްދުއްރަހީމް (އިސޫ) މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މަރު ކޮމިޝަނުން ތަހުގީގު ކުރި މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތިން މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އަހަނދުގެ އިތުރުން ދެން ދައުވާ ކޮށްފައި ވަނީ އިސްމާއީލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު މުއާޒް (ގަޓް މުއާ) ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު އިސޫ ދޫކޮށްލާފައި ވަނީ ބަންދު މުރާޖާ ކުރުމަށްފަހު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމާފަ އެވެ. ކޯޓުން ބުނީ އޭނާ ބަންދުން ދޫކޮށްލީ މޮނިކޮމް އަމުރުގެ ދަށުން ޓެގު އެޅުވުމަށްފަހު މޮނީޓާކުރަން ޝަރުތުކޮށްފައި ކަމަށެވެ.

ޝަރުތުތަކެއް ކޮށްފައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިސޫ ދޫކޮށްލީ ގެއިން ބޭރަށް ނުކުތުން ވެސް ލިމިޓްކޮށްފައި ކަމަށް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ. 

ކޯޓުން މިއަދު އިސޫ ދޫކޮށްލާފައިވާއިރު، މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ މައްސަލައިގައި ދައުވާ ލިބޭ އަހުމަދު އިސްމާއިލް (ބުރު އަހަނދު) ވެސް ވަނީ ދޫކޮށްލައިފަ އެވެ. އޭނާ ވެސް ހުރީ ޓެގު އަޅުވާފަ އެވެ. 

މި މައްސަލައިގައި ދެން ދައުވާ ލިބޭ އަހުމަދު މުއާޒް (ގަޓް މުއާ) އަދިވެސް ހުރީ ބަންދުގަ އެވެ.

މި މައްސަލައިގައި އިސޫގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދެ ދައުވާ އެވެ. އަހަނދުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އަދި މުއާޒް މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

ކޮމެންޓް

1
450
އަހުމަދު އަލީމް
9 months ago

މަ ބުނީމެއް ނު / ފޮނުއަރުވާފަ ދޫކޮށްށޭލާނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.