މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު މަދު

އެންމެ ބޮޑަށް ދަށް ވެފައި ވަނީ ޓޮމާޓޯ އާއި ދޮންކެޔޮ އެތެރެކުރި މިންވަރެވެ. މިދިޔަ މަހު ރާއްޖެ އެތެރެ ކުރި ޓޮމާޓޯގެ މިންވަރު 28 ޕަސެންޓް ދަށްވި އެވެ.

އެމްޕީއެލް ވިޔަފާރި ބަނދަރަށް ބަލާފާފައި ހުރި ކަރާތަކެއް ލޮރީއަކަށް އަރުވަނީ -- މި

މިދިޔަ ޖޫން މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދަށަށް ހިނގައްޖެ އެވެ.

އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ ކުންފުނިން ވަނީ އެވްރެޖްކޮށް ދުވާލަކު 147 ކޮންޓޭނަރާއި، 206 ޓީއީޔޫ ކްލިއާ ކޮށްފަ އެވެ. މިއީ މޭ މަހާ އަޅާ ބަލާއިރު 15 ޕަސެންޓްގެ ދަށްވުމެކެވެ.

ޖޫން މަހު ރާއްޖޭގެ ވިޔަފާރި ބަނދަރުތަކަށް 16 ކޮންޓޭނަރު ބޯޓާއި 15 ކޮންވެންޝަނަލް ބޯޓު ބަނދަރު ކޮށްފައި ވެއެވެ. އެ އުޅަނދުތަކުން ޖުމްލަ 4400 ކޮންޓޭނަރު އަދި 6180 ޓީއީޔޫ ވަނީ ބާލާފަ އެވެ. 

މިދިޔަ މަހު އެތެރެ ކުރި މޭވާއާއި ތަރުކާރީގެ ތެރެއިން އިތުރުވެފައި ވަނީ ހަމައެކަނި ފިޔާ އެތެރެ ކުރި މިންވަރެވެ. މޭ މަހާ އަޅާ ބަލާއިރު، ފިޔާ އެތެރެކުރި މިންވަރު 16 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެންމެ ބޮޑަށް ދަށް ވެފައި ވަނީ ޓޮމާޓޯ އާއި ދޮންކެޔޮ އެތެރެކުރި މިންވަރެވެ. މިދިޔަ މަހު ރާއްޖެ އެތެރެ ކުރި ޓޮމާޓޯގެ މިންވަރު 28 ޕަސެންޓް ދަށްވި އިރު ދޮންކޭލުގެ މިންވަރު 18 ޕަސެންޓޤ ދަށްވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.