ކްލަބް މޯލްޑިވްސްއަކީ 2005 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ޖަމިއްޔާ އެކެވެ. އެ ކްލަބުން ރާއްޖޭގައި ފުޓްސަލް މުބާރަތްތައް ބާއްވާތާ އަހަރުތައްވެފައި ވެއެވެ.
ކްލަބް މޯލްޑިވްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްތައް ބާއްވާ ކްލަބެވެ. އެ މުބާރާތްތައް ބާއްވަނީ ފުޓްސަލް ތަރައްގީކޮށް ސަރުކާރު އަދި އަމިއްލް ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއެކު ފުޓްސަލް ކުރިއަރުވާށެވެ.
ކްލަބްމޯލްޑިވްސް އިން ދިރާގާއެކު ހެދި ޕާޓްނާޝިޕްގެ ދަށުން ކްލަބް މޯލްޑިވްސްއިން މިއަހަރުގެ ތެރޭގައި ހަތަރު މުބާރާތެއް ބާއްވާނެ އެވެ.
ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރު ކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ދިރާގުން އެހީވެ ދެއެވެ.
ކްލަބް މޯލްޑިވްސްއަކީ 2005 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ޖަމިއްޔާ އެކެވެ.