ޔޫއްޕެ ދެން ގެނެސްދޭނީ "ޖޯކަރު"

ފިލްމް ޓީޒާގައި ފެންނަނީ ފޮއްޓެއް ހޯދަން ބަޔަކު ކުރާ މަސައްކަތެވެ. ޓީޒާގައި ބުނާ ގޮތުން އެއީ ވަރަށް މުހިންމު ފޮއްޓެކެވެ. އަދި އެއީ އެންމެންގެ ދިރިއުޅުމާ ގުޅުން ހުރި ފޮއްޓެކެވެ.

ޖޯކަރުގެ ޝޫޓިން ކުރިއަށް ދަނީ

"ޖޯކަރު" ނަމުގައި ކޮމެޑީ ފިލްމެއް ގެނެސްދޭން ޔޫސުފް ޝަފީއު (ޔޫއްޕެ) ތައްޔާރު ވެއްޖެ އެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ހިމެނޭ މި ފިލްމުގެ ޓީޒާ މިހާރު ވަނީ އާންމު ކޮށްފައެވެ. ޓީޒާގައި ފެންނަނީ ފޮއްޓެއް ހޯދަން ބަޔަކު ކުރާ މަސައްކަތެވެ. ޓީޒާގައި ބުނާ ގޮތުން އެއީ ވަރަށް މުހިންމު ފޮއްޓެކެވެ. އަދި އެއީ އެންމެންގެ ދިރިއުޅުމާ ގުޅުން ހުރި ފޮއްޓެކެވެ. އެ ފޮށީގެ މުހިންމުކަން އެންމެންނަށް ވެސް އެނގެ އެވެ.

އެކަމަކު އެ ފޮށީ ވީ ކޮންތާކު ކަމެއް އެއްވެސް މީހަކަށް ނޭނގޭ އެވެ. އެހެން ކަމުން ފޮށި ހޯދަން އެންމެން ވެސް މަސައްކަތް ފަށާ ކަމަށް ޓީޒާގައި ބުނެ އެވެ. ބެލެވޭ ގޮތުން މިއީ ވަރަށް މަޖާ ފިލްމަކަށް ވާނެ އެވެ. ޓީޒާ ނިމެނީ "ފޮށި ޗޯރު" އޭ ގޮވާ އަޑުންނެވެ.

ފިލްމުގެ މައިގަނޑު ރޯލްތަކުން ފެންނާނީ އަހުމަދު ނިމާލާއި ޝީލާ ނަޖީބުގެ އިތުރުން އަހުމަދު ސައީދާއި އަލީ އާޒިމް (ދޮންއައްޔަ) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އިބްރާހީމް ރަޝީދު (ބްރޯ) އެވެ. މީގެ އިތުރުން ހަމްދާމް ފާރޫގާއި އަހުމަދު ރިފްޝާން ވެސް ފެނިގެންދާނެ އެވެ.

ޝަފީގްއާ ޔޫއްޕެގެ ކޮންމެ ފިލްމަކުން ހެން އާ އެކްޓަރުން / އެކްޓްރެސް އިން ތައާރަފު ކުރެއެވެ. އެގޮތުން މި ފިލްމުން ވެސް ތިން ފަންނާނަކު ތައާރަފު ކުރާނެ އެވެ. އެއީ މުހައްމަދު އީމާއުއާ ޝަހީދާ އަހުމަދާއި މޫސާ އަލީފް އެވެ.

ސްކްރީންޕްލޭ ލިޔެ ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ޔޫއްޕެ އެވެ. ޕްރޮޑިއުސަރުންނަކީ ހެއްވާ މަޖާ ރީތި ފިލްމުތަކެއް ގެނެސްދިން އިސްމާއީލް ޝަފީގް އާއި ޒުވާން ޕްރޮޑިއުސަރު އަލީ ޝާނީޒް މުހައްމަދެވެ. އޭނާއަކީ މި ފަހުން ސްކްރީނަށް ގެނައި އެންމެ ރީތި އެއް ފިލްމު "ލޯބިވެވިއްޖެ" ގެ އެއް ޕްރޮޑިއުސަރެވެ.

ފިލްމު އޮލިމްޕަހަށް ގެންނާނީ ސެޕްޓެމްބަރުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.