ޔާމީންގެ އެދިވަޑައިގަތުމަކަށް އިދިކޮޅު ލީޑަރުން ގާސިމް އަރިހަށް

ދެ ޕާޓީން ވެސް ވަނީ ކުރީން މަޝްވަރާ ކުރެވޭތޯ މަސައްކަތްތަކެއް ކޮށްފައެވެ. އޭރު ޖުމްހޫރީ ޕާޓީން އެދުނީ ޕީޕީއެމްގެ ތާއީދަށެވެ.

އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ގާސިމް އިބްރާހިމާއި ބައްދަލު ކުރެއްވުން

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިއަދުގެ ބައްދަލްވުމުގައި ޕީޕީއެމް / ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްފެ ނާއިބު ރައީސް އަހްމަދު ޝިޔާމް އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ.

ގާސިމްގެ އަރިހުގައި އެމަނިކުފާނުގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލްވުން އޮތީ ގާސިމް އިބްރާހިމްގެ ރިސޯޓް ރަށް -- ސަން އައިލެންޑް ރިސޯޓް ގައެވެ.

މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ގާސިމްއާ ބައްދަލު ކުރެއްވީ ރައީސް ޔާމީންގެ އިރުޝާދާ އެކު ކަމަށެވެ. ބައްދަލު ކުރެއްވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުންނެވެ. މިއަދުގެ ބައްދަލްވުމަކީ މުހިންމު ބައްދަލްވުމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ގާސިމް އިބްރާހިމާއި ބައްދަލު ކުރެއްވުން

ގާސިމްއާ އިދިކޮޅު ބޭފުޅުން ބައްދަލު ކުރެއްވިއިރު ގާސިމަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ.

ދެ ޕާޓީން ވެސް ވަނީ ކުރީން މަޝްވަރާ ކުރެވޭތޯ މަސައްކަތްތަކެއް ކޮށްފައެވެ. އޭރު ޖުމްހޫރީ ޕާޓީން އެދުނީ ޕީޕީއެމްގެ ތާއީދަށެވެ. ޕީޕީއެމުން އެދުނީ ގާސިމާއި ޖުމްހޫރީ ޕާޓީގެ ތާއީދަށެވެ. ނަމަވެސް ދެ ފަރާތުން ވެސް ނިންމީ އެއްވެސް ބަޔަކަށް ތާއީދު ނުދިނުމަށެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީއާ ޕީޕީއެމް / ޕީއެންސީ އަކީ ވެސް ސަރުކާރާމެދު ހިތްހަމަނުޖެހޭ ސަރުކާރު ބަދަލު ކުރަން ބޭނުންވާ ޕާޓީތަކެވެ. އެކަމަށް އެ ތިން ޕާޓީން ވެސް އެއްބަސް ވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.