އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ

އޭނާ ރާއްޖެއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ. އޭނާ ރާއްޖެ ވަޑައިގަންނަވާއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭރަށް ވަޑައިގަތުމަށް ސަރުކާރުން ވަނީ ހުއްދަދީފަ އެވެ.

އަލީ ވަހީދު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު, މިއަދު ރާއްޖެއަށް އެބަ ވަޑައިގަންނަވަ އެވެ. އޭނާ ރާއްޖެއަށް ވަޑައިގަންނަވަނީ ތުރުކީގެ އިސްތަންބޫލު މަގުން މިއަދު މެންދުރު ފަހު އެވެ. 

އަލީ ވަހީދު ރާއްޖެ ދޫކޮށް ވަޑައިގަތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ ދައުވާތަކެއް އޮއްވާ އަދި އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އޭނާ ރާއްޖެ ވަޑައިގަންނަވަނީ އެ ދައުވާތައް މިދިއަ ޖޫން މަހުގެ ތެރޭގައި ދޫކޮށްލައި އަނބުރާ ނަގާފައި ވަނިކޮށެވެ. 

އޭނާ ރާއްޖެއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ. 

އަލީ ވަހީދުގެ މައްސަލަ ގެންދިއުމަށް ފަހު ޕީޖީ އޮފީހުން ބުނެފައި ވަނީ އެ މައްސަލަ ފުލުހުންނަށް އަނބުރާ ފޮނުވާލާފައި އޮތީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ވުމުން އަލުން ދައުވާ އުފުލަން އެ އޮފީހަށް ފޮނުވާ ގޮތަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ފޮނުވާފައި ވަނިކޮށް އަނިޔާ ލިބުނު ފަރާތްތައް ޕީޖީ އޮފީހަށާއި ފުލުހުންނަށް އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ހެކިބަސް ދޭން ތިބި މުހިންމު ފަރާތްތަކެއް ތަހުގީގަށް ދީފައިވާ ބަޔާންތައް އަނބުރާ ގެންދިއުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.