ވެލާ ފެޅި ކެންދޫ މީހުންނަށް 1.3 މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހުރިހާ ބާވަތެއްގެ ވެލަޔާއި ކަހަނބު ވަނީ ހިމާޔަތްކޮށްފަ އެވެ.

ކެންދޫ ގްރޫޕަކުން ފެޅި ވެލާތައް: އެމީހުން އައީ ބޮޑު ޖޫރިމަނާ އެއް
  •  ކޮންމެ މީހަކު 198،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައި

ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާތަކެއް ކަތިލައިގެން ކައްކަން ތިއްބައި ފުލުހުން ހައްޔަރު ކުރި މީހުންގެ މައްޗަށް ބޮޑު ޖޫރިމަނާ އެއް އަތުވެއްޖެ އެވެ.

ބ. އަތޮޅުގައި އޮންނަ ފަޅު ރަށަކަށް ފަސް މީހަކު ގޮސް އެރަށުގައި ވެލާ ފަޅައިގެން ކައްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ އެރަށަށް ގޮސް އެމީހުން ހައްޔަރު ކޮށްފަ އެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އެމީހުން ވަނީ ބޮޑު، ހަ ވެލާ ފަޅާލައިގެން ކައްކާފަ އެވެ. ނަމަވެސް އެމީހުން ހައްޔަރު ކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިރޭ ވިދާޅުވީ މިދިޔަ މަަހު އެ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ ގޮތުން ފަސް މީހުން ވަނީ 1،386،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެއީ ކޮންމެ މީހަކު 198،000 ރުފިޔާއިންނެވެ.  

އީޕީއޭ އިން އޭރު ބުނެފައި ވަނީ މި މައްސަލައިގައި ހެކި ހޯދަން އެ އެޖެންސީގެ ބ. އަތޮޅު ބަޔޯސްފިޔާ ރިޒާވް އޮފީހުގެ މުވައްޒަފުން އެހީތެރިވެފައިވާ ކަމަށެވެ. މަރާލާފައިވާ ވެލާތައް ވަނީ އެ އެޖެންސީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހުރިހާ ބާވަތެއްގެ ވެލަޔާއި ކަހަނބު ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލަޔާއި ކަހަނބުގެ ދިރުންތައް މުޅި ދުނިޔެއިން ނެތިގެން ހިނގައިދާނެތީ އެތަކެތި ހިމާޔަތްކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، ވެލާ ހިފައިގެން ކާ މީހުން އުޅެ އެވެ. ބައެއް އަތޮޅުތަކުގައި އެއީ ވަރަށް އާންމު ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.