ފަރަށް ނާރާ ކަމަށް ބުނެ ބާޖު ފުރައިފި، އީޕީއޭ ފުލުހަށް

ފަރަށް ނާރާ ކަމަށް ބުންޏަސް ބާޖު ފަރަށް އެރުމުގެ ސަބަބުން ވަރަށް ބޮޑަށް އަރިއަޅާލާ ބައެއް ހިލަތައް ވަނީ މޫދަށް ފައިބާފައެވެ. ބާޖުގެ ބައެއް ވެސް އޮތީ އަޑީގައެވެ. ފަހުން ބާޖު ފުންކުރީ އެވެ.

ހިލަ ބާޖު ފަރަށް އަރާފައި -- ސިޓީ ކައުންސިލްގެ ފޮޓޯއެއް

ފުވައްމުލަކަށް ހިލަ ގެންދިޔަ ބާޖު ފަރަށް އެރި މައްސަލަ ބަލަނިކޮށް ފަރަށް ނާރާ ކަމަށް ބުނެ ފުރައިގެން ހިނގައްޖެ އެވެ.

ފުވައްމުލަކުގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމަށް ގެންދިޔަ ހިލަތައް ބަރުކޮށްފައިވާ ބާޖަކީ އިންޑިއާގައި ވަރަށް ބާރުގަދަ އެހައި ނޫފުޒު ބޮޑު ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓް (އެމްއެމް އެކްސްޕޯޓް) ގެ ބާޖެކެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި ބާޖު ފަރަށް އެރި މައްސަލަ ބަލަމުން ދަނިކޮށް ބާޖު ވަނީ ފުރައިގެން ގޮސްފައެވެ. ބާޖު ފުރީ ފަރަށް ނާރާ ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައި ކަމަށް ވެސް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ފަރަށް ނާރާ ކަމަށް ބުންޏަސް ބާޖު ފަރަށް އެރުމުގެ ސަބަބުން ވަރަށް ބޮޑަށް އަރިއަޅާލާ ބައެއް ހިލަތައް ވަނީ މޫދަށް ފައިބާފައެވެ. ބާޖުގެ ބައެއް ވެސް އޮތީ އަޑީގައެވެ. ފަހުން ބާޖު ފުންކުރީ އެވެ.

މޯހަން މުތާ އެކްސްޕޯޓްގެ ދެ ބާޖެއް ކުރީން ވެސް ފަރަށް އަރާ ބޮޑެތި ގެއްލުންތަކެއް ވި އެވެ. އެ ފަހަރު ކުރި ޖޫރިމަނާ ވެސް ނުދައްކައެވެ. ނައީމް ވަނީ އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.  

މޯހަންމުތާގެ 100 މިލިއަނުގެ ޖޫރިމަނާ ވެސް ނުދައްކާ

ޑިސެމްބަރު 27، 2015 ގައި މާލެ އަތޮޅު ފުށިދިއްގަރު ފަރަށް އިންޑިއާގެ ދެ އުޅަނދެއް އުރި ބީހުނެވެ. އެ ދެ އުޅަނދަކީ ވެސް މޯހަން މުތާ އެކްސްޕޯޓް (އެމްއެމް އެކްސްޕޯޓް) ގެ "މުތާ ރޯޔަލް" ޓަގު ބޯޓާއި އެ ކުންފުނީގެ ބިޔަ ބާޖު، "މުތާ ގްރޭސް" އެވެ.

އިންޑިއާގެ ބާޖު ފުން ކުރީ މާޗު 23، 2016 އިގަ އެވެ. ޓަގު ފުން ކުރީ މާޗު 10، 2017 އިގަ އެވެ. ބާޖު ފުން ކުރަން 88 ދުވަސް ނެގި އެވެ. ޓަގު ފުން ކުރަން 440 ދުވަސް ދުއްވާލި އެވެ. އެ ދެ އުޅަނދު ފުން ކުރުމުން އެ ސަރަހައްދުގެ ވެއްޓަށް ލިބުނު ގެއްލުން ބަލަން އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލައި ސާވޭ ކުރި އިރު ފަރުގެ 4,370 އަކަމީޓަރުގެ ސަރަހައްދެއް އޮތީ ހަލާކުކޮށް ސުންނާފަތި ކޮށްލާފަ އެވެ. އިންޑިއާގެ އެ ދެ އުޅަނދުން ރާއްޖެއަށް ދިން ގެއްލުމުގެ އަގު 110.39 މިލިއަން ރުފިޔާއަށް އަރަ އެވެ. ނަމަވެސް ރާއްޖޭގެ ތިމާވެށި ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާއަށް ވުމުން ބޮޑު ޖުރިމަނާއިން މޯހަން މުތާ ރެކިގަތެވެ.

އީޕީއޭއިން އެ ދެ އުޅަނދު ޖޫރިމަނާ ކުރީ 100 މިލިއަން ރުފިޔާއިންނެވެ؛ މާޗު 14، 2018 އިގަ އެވެ. އެ ފައިސާ ދައްކަން މޯހަން މުތާގެ ލޯކަލް އެޖެންޓަށް އެންގުމުން މައްސަލަ މިނިސްޓަރަށް އިސްތިއުނާފު ކުރީ އެވެ. ސަރުކާރަށް އޭގައި އަތްލާކަށް ނުކެރުނެވެ. އެހެން އޮވެ ދިގު މުއްދަތެއް ފާއިތުވި ފަހުން މިނިސްޓަރު އާމިނަތު ޝައުނާ ވަޑައިގެން އެ ޖޫރިމަނާ ދެމެހެއްޓެވި އެވެ. އޭގެ ފަހުން ވެސް އެ ފައިސާ އެ ފައިސާ ނުދައްކަ އެވެ. ނުވެސް ދައްކާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.