ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފި

މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ބޭންކް އޮފްމޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ ޕާކެއްގައި ބަޔަކު ފޮތް ކިޔަނީ: ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލް އިން ވަނީ ހުޅުވާލާފައި -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ފިޔަވަހީގައި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އެ ބޭންކުން މިއަދު ހުޅުވާލައިފި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ. އެ ފަންޑުން އެހީ ހޯދަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާތަކަށެވެ.

ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކާއި ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށް ހުށަހަޅާ ޕްރޮޖެކްޓް ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގެ ހަރަކާތްތައް ހިންގަން 50،000 ރ. ބޭންކުން ދެއެވެ. ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މިއަހަރުވެސް 20 ޕްރޮޖެކްޓެއް ހިންގަން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. 

ގައުމީ ބޭންކުން މިހާރު ވަނީ މާލެ އާއި ރަށްރަށަށް ނިސްބަތްވާ، ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާތަކަށް ޕްރޮޕޯސަލްގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ފިޔަވަހީގައި ވެސް އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާނެ އެވެ. 

ދިވެހި ބޭންކުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ. ޕްރޮޕޯސަލާއި އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށް ވެސް ހުށަ އެޅޭނެއެވެ. ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.