ޝައްކެއް ނެތް، އިންތިހާބުން ސޯލިހް ބަލިވާނެ: ނަޝީދު

"އަޅުގަނޑަށް ޔަގީން އަޅުގަނޑުގެ ހިތުގަައި ޝައްކެއް ނުއުފެދޭ ރައީސް އިބްރާހިމް ސޯލިހް މި އިންތިހާބުން ބަލިވާނެ. އެއީކީ އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން،"

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް ހަރުގޭގައި ވާހަކަ ދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް ސޯލިހް ބަލިވާނެ ކަމަށާ އެއީ ކުޑަކޮށްވެސް ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދަަ ޑިމޮކްރެޓްސްގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ނުދޭން ރައްޔިތުން ތިބީ ސަބަބުތަކެއް އޮވެގެން ކަމަށެވެ. ރައީސް ސޯލިހަކީ ރައްޔިތުންނަށް ދިން އުންމީދުތައް ބިލާހަކަށް ހެއްދެވި ރައީސް ކަމަށެވެ.

ނަޝީދު ވިދާޅުވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި މަޖިލީސް މެންބަރުންނަށް ކޮންޓްރެކްޓް ދިނުމަށް ނޫނީ އެއްވެސް ކަމެއް ސަރުކާރުން ކޮށްފައި ނެތް ކަމަށެވެ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް ހުރި މިންވަރާއި ގުޅޭގޮތުން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ނަރުދަމާ ނިޒާމު ފަސް އަހަރު ވީއިރު ނުނިމި "ކޮއްޓާލަ ކޮއްޓާލާ" އަދިވެސް ތިބީ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުގެ ހިތުގަައި ޝައްކެއް ނުއުފެދޭ ރައީސް އިބްރާހިމް ސޯލިހް މި އިންތިހާބުން ބަލިވާނެ. އެއީކީ އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން،"

ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންނެވި ސަބަބާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ ސަރުކާރުގައި ވައްކަން އޮތީ ފިއްކަނޑައިގެންދާ މިންވަރަށް ކަމަށެވެ. ދައުލަތުގެ ލާރީން ލޯ ލާރިއެއް ނަގާ ބޭނުން ކޮށްފައި ނުވާނެ ކަމަށާ އެހެން ކަމުން ވައްކަމުގެ އެ ލައްގަނޑުގައި ޖެހެން އެމްޑީޕީގައި ހުންނަވަން ބޭނުންފުޅު ނުވީ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ބައިވެރިވާ ސަރުކާރަކުން ދިވެހިންގެ ނޭވާހޮޅިން ވައްކަމެއް ނުކުރާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް ހަރުގޭގައި ވާހަކަ ދައްކަވަނީ

ޑިމޮކްރެޓުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވިދާޅުވީ ރައްޔިތުން އެދޭ ސިޔާސަތުތަކާއެކު ޑިމޮކްރެޓުން އެބަ ނިކުްނަ ކަމަށެވެ.

"ގަދަވާންވީ ފިކުރު. ގަދަވާންވީ ހިޔާލު. ގަދަވާންވީ އުސޫލު. އެއީ ތިބޭފުޅުން ތި ގެންނަވާ އުސޫލު. ޑިމޮކްރެޓުންގެ އުސޫލަކީ ގަދަ ވާނެ އުސޫލު. ޑިމޮކްރެޓުންގެ އުސޫލަކީ ކާމިޔާބުވާނެ އުސޫލު،"

ނަޝީދު ވަނީ އެމަނިކުފާނު އަބަދުވެސް ވަކާލާތު ކުރައްވާ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމުގެ މުހިންމު ކަމާ ގުޅޭގޮތުން މިރޭ ވެސް ވާހަަކަ ދައްކަވާފައެވެ. ވިދާޅުވީ މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ރައީސަކީ މުޅީން ރަނގަޅު ވެރިއެކޭ ދަންނަވަން ދަތި ކަމަށާ ބައެއް ފަހަރު އެެހެން ވަނީ ނިޒާމު އޮތްގޮތުން ކަމަށެވެ.

ޑިމޮކްރެޓުން އެކުލަވާލަން އެދެނީ އެންމެ ނުރަނގަޅު މީހާއަށް ވެސް ރަނގަޅު ކަމެއް ނޫނީ ނުކުރެވޭނެ ނިޒާމެއް / އިންތިޒާމެއް ކަމަށް ވިދާޅުވެ އާ ޕާޓީގެ ވިސްނުމަކީ ބަރުލަމާނީ ނިޒާމެއް ކަމަށް އިޝާރާތް ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ މިސްރާބަށް ދިއުމަށް 2018 ވަނަ އަހަރުވެސް މަސައްކަތް ކުރެއްވި ކަމަށާ ހެޔޮ ގޮތެއް ލިބޭން އޮތީ ހެޔޮ ނިޒާމެއް ގެނެސްގެން ކަމަށެވެ. އެހެން ނޫނީ މުޅީން ވެސް ފެންނާނީ ދެވަަނަ ދައުރެއް ހޯދުމާއި މާދިއްޔަތަށް ގެއްލި ހަރާބުގެ މަގަށް ވެރީން ދާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

2
450
ނަޖްވާ
9 months ago

އެންމެންނަށް ލަނޑު ދީދީ މީނަ ދައްކާ ވާހަކަ އަޑުއަހާނެ ދިވެއްސެއް މި އުޑުދަށުގަ ހުންނާނެހެނެއް ހިއެއް ނުވޭ!

އައިމިނަ
9 months ago

ތިމާ ދައްކާ ވާހަކަ ގަބޫލުކުރާނޭ ދިވެއްސެއް މިހާރު މިއުޑު ދަށަކުނެތެވެ. ތިޔަހުރީ އަރާނެ ގޮޅިއެއްނެތި ބޮނދު ބުޑަށް ސައިވެފައެވެ. ގޮނޑީގެ ބޭރުގައި ކުޅުނަސް ރައީސް ސޯލިހާއި ހަމަޔަށް ނާދެވޭނެއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.