ތިލަމާލެ ބްރިޖް އަޕްޑޭޓް: ޕްރީކާސްޓް ސެގްމެންޓްތައް އަޅަން ފަށައިފި

މިހާރު ގުޅިފަޅުގައި އެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ސެގްމެންޓްތައް ނިމެމުންދާ ވަރަކަށް ތަނބުތަކަށް އިންސްޓޯލް ކުރަމުން ދާނެ ކަމަށް އޭނާ ބުންޏެވެ.

ބްރިޖްގެ ޕްރިކާސްޓްގެ މަސައްކަތް ގުޅިފަޅުގައި ކުރިޔަށް ދަނީ

އިންޑިއާ ސަރުކާރުގެ އެހީއާއެކު ސަރުކާރުން ކުރަމުންދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް ބޭނުންވާ ޕްރީކާސްޓް ސެގްމެންޓްތައް އަޅަން ފަށައިފި އެވެ.

ޕްރީކާސްޓް ސެގްމެންޓްތަކަކީ ބްރިޖް އެޅުމަށް ކަނޑު އަޑީގައި ޖަހާފައިވާ ތަނބުތަކުގައި ދުއްވާ ބައެވެ. މި ބައިތައް އަޅަމުން ދަނީ ގުޅީފަޅުގަ އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނާ ގޮތުގައި މި ސެގްމެންޓްތައް ވެގެން ދާނީ ބްރިޖެއް އެޅުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ދިގު ސެގްމެންޓްތަކަށެވެ. އޭގެ ދިގު މިނުގައި 8.177 މީޓަރު ހުންނާނެ ކަމަށް ބުނެ އެވެ. މިހާތަނަށް އެންމެ ދިގުކޮށް ޕްރިކާސްޓް ކޮންކްރީޓް ދުއްވާފައި ވަނީ ތައިލެންޑްގެ ބްރިޖެއްގަ އެވެ. 

މި މަސައްކަތުގެ އަޕްޑޭޓެއް ދެއްވަމުން ޕްލޭނިން މިނިސްޓްރީން ބްރިޖްގެ މަސައްކަތަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ޕްރީކާސްޓް ސެގްމެންޓްގެ މަސައްކަތް ނިމުމާއެކު ބްރިޖް މަސައްކަތުގެ ވަރަށް ބޮޑުބައި ނިމިގެންދާނެ ކަމަށެވެ.

މިހާރު ގުޅިފަޅުގައި އެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ސެގްމެންޓްތައް ނިމެމުންދާ ވަރަކަށް ތަނބުތަކަށް އިންސްޓޯލް ކުރަމުން ދާނެ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެ ސެގްމެންޓްތައް އެޅުމުގެ މަސައްކަތް ނިމޭނެ ވަކި ތާރީހެއް މިވަގުތު ވިދާޅުވާން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތިން ބްރިޖް އަޅާނެ އެވެ. އެއީ މާލެއާ ވިލިމާލެ، ވިލިމާލެއާ ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި ގުޅައިލަން އަޅާ ތިން ބްރިޖެވެ. އަދި ތިން ކޯޒްވޭ އަކާއި 6695 މީޓަރުގެ ދިގު ރޯޑް ނެޓްވޯކެއް އަޅާނެ އެވެ.

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ އަގު ބޮޑު މަޝްރޫއެވެ. ތިލަމާލެ ބްރިޖް މަަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެވެ.

ތިލަމާލެ ބްރިޖްގެ ޝެޑިއުލް އޮތް ގޮތުން އޮގަސްޓް 2023ގެ ނިޔަލަށް މާލެއާ ވިލިމާލެ ގުޅާލަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތު މިހާރު ނިންމޭނެ ކަމުގެ އެއްވެެސް ޔަގީން ކަމެއް ނެތެވެ. ބްރިޖުން ނިމިފައި ވަނިކޮށް ފެންނަނީ ވަރަށް ކުޑަ މިންވަރެކެވެ. އަދި ޑިސެމްބަރު 2023 އާ ހަމަށް ވިލިމާލޭން ގުޅިފަޅަށް ގުޅާލަން ޖެހެ އެވެ. އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި ނޮވެމްބަރު 2024 އަށް ނިންމަން ޖެހޭނެ ކަމަށް ޝެޑިއުލްގައި ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.