އިބްރާހިމް އަފީފްގެ ހާލުކޮޅު ދެރަވެ ފަރުވާ ހޯއްދަވަނީ

އިބްރާހިމް އަފީފަކީ ސީޝެލްގެ މީޑިއާ ކޮމިޝަނުގެ ރައީސެވެ. އޭނާ އަކީ އައްޑޫ ބަޣާވާތަށް ފަހު ގައުމު ދޫކުރައްވާ ސީޝެލްސް އަށް ވަޑައިގެންނެވި އަބްދުﷲ އަފީފާއި އަނީސާ އަލި ދީދީ އާއި ދޮށީ ދަރިފުޅެވެ.

އިބްރާހިމް އަފީފް

ސީޝެލްސްގައި ދިިރިއުޅުން އޮންނަ އައްޑޫ އަބްދުﷲ އަފީފުގެ އިބްރާހިމް އަފީފްގެ ހާލުކޮޅު ދެރަވަ އައިސީޔޫގައި ފަރުވާ ހޯއްދަވަން އެބަގެންދަވަ އެވެ. 

ސީޝެލްސްގެ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓް ކުރީ ހައްޖުގެ އަޅުކަމުން އެނބުރި ވަޑައިގަތުމަށް ފަހު އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހައްޖުން ވަޑައިގަތް ގޮތަށް ގެންދެވުނީ ހޮސްޕިޓަލަށެވެ. 

އިބްރާހިމް އަފީފަކީ ސީޝެލްގެ މީޑިއާ ކޮމިޝަނުގެ ރައީސެވެ. އޭނާއަކީ އައްޑޫ ބަޣާވާތަށް ފަހު ގައުމު ދޫކުރައްވާ ސީޝެލްސް އަށް ވަޑައިގެންނެވި އަބްދުﷲ އަފީފާއި އަނީސާ އަލި ދީދީ އާއި ދޮށީ ދަރިފުޅެވެ.

އިބްރާހިމް އަފީފްގެ ބައްޕާފުޅު، އަދި "އައްޑޫ ރަދުން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަބްދުﷲ އަފީފު ސީޝެލްސް އަށް ވަޑައިގަތުމަށް ފަހު އެއް ފަހަރު ރާއްޖެ ޒިޔާރަތް ކުރެއްވިއެވެ. އުމުރުފުޅުން 77 އަހަރުގައި، އަފީފު އަވަހާރަވީ ސީޝެލްސްގައި ޖުލައި 13، 1993 ގައެވެ. 

ހުވަދު އަތޮޅާއި ފުވައްމުލައް ހިމެނޭ ގޮތަށް އައްޑޫގައި ވަކި ސަރުކާރެއް ގާއިމުކޮށް، ޔުނައިޓެޑް ސުވާޑައިވް ރިޕަބްލިކްގެ ރައީސްކަން 1959- 1963 އަށް ކުރެއްވި އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފަކީ ސީޝެލްސްގެ ނައިބު ރައީސެވެ.
އަދި އަބްދުﷲ އަފީފްގެ އެހެން ބޭފުޅުންވެސް ތިއްބަވަނީ ސީޝެލްސް ސަރުކާރުގެ އިސް މަގާމުތަކުގަ އެވެ. އޭނާ މުހައްމަދު އަފީފަކީ ސަރުކާރުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒެވެ. 

"އައްޑޫ ރަދުން" ގެ ބާޣީ ސަރުކާރު ރޫޅާލުމަށް ފަހު އިނގިރޭސިން އަބްދުﷲ އަފީފް އާއި އޭނާގެ އާއިލާއަށް ހިމާޔަތްދީ ސީޝެލްސްގައި ވަޒަންވެރި ކުރުވީ އެވެ. އަބްދުﷲ އަފީފް އެ ގައުމަށް ވަޑައިގެންނެވީ އަނބިކަނބަލުންނާއި ތިން ދަރިކަލުންނާއި އެކުގައެވެ. ފަހުން ސީޝެލްސްގައި އިތުރު ތިން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.