މޭއަށްވުރެ ޖޫންގައި ރިޒާވުން 46 މިލިއަން ޑޮލަރުމަދު

ރާއްޖޭގެ ޖުމްލަ ރިޒާވު ދަށްވުމާއެކު ޔޫޒަބަލް ރިޒާވް ވެސް ވަނީ 148 މިލިއަން ޑޮލަރަށް މަދުވެގެން ގޮސްފަ އެވެ. މެއި މަހު ޔޫޒަބަލް ރިޒާވުގައި 370 މިލިއަން ޑޮލަރު ހުރި ނަމަވެސް މިހާރު ރިޒާވުގައި ހުރީ 148 މިލިއަން ޑޮލަރެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ؛ ރާއްޖޭގެ ރިޒާވް ބަލަހައްޓަނީ އެމްއެމްއޭއިން

މި އަހަރުގެ މެއި މަހަށްވުރެ ޖޫން މަހު ރާއްޖޭގެ ޖުމްލަ ރިޒާވުން 46 މިލިއަން ޑޮލަރު (707 މިލިއަން ރުފިޔާ) މެދުވެފައިވާ ކަމަށް ދައްކައިފި އެވެ. 

ދައުލަތުގެ ރިޒާވް ބަލަހައްޓާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތައް ދައްކާ ގޮތުގައި މެއިގައި ރިޒާވުގައި 748.15 މިލިއަން ޑޮލަރު ހުރި ނަމަވެސް ޖޫންގައި މި އަދަދު ވަނީ 702.16 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ގާތްގަނޑަކަށް 46 މިލިއަން ޑޮލަރުގެ މަދުވުމެކެވެ. 

މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވް

  •  ޖެނުއަރީ މަހު - 789.97 މިލިއަން ޑޮލަރު
  •  ފެބްރުއަރީ މަހު - 795.83 މިލިއަން ޑޮލަރު
  •  މާރިޗު މަހު - 764.63 މިލިއަން ޑޮލަރު
  •  އެޕްރީލް މަހު - 756.81 މިލިއަން ޑޮލަރު
  •  މެއި މަހު - 748.15 މިލިއަން ޑޮލަރު
  •  ޖޫން މަހު - 702.16 މިލިއަން ޑޮލަރު

ޖުމްލަ ރިޒާވް މި އަދަދަށް މަދުވެގެން ދިއުމާއެކު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވަށް ވެސް ވަނީ އަސަރު ކޮށްފަ އެވެ. މެއި މަހު ޔޫޒަބަލް ރިޒާވުގައި 370 މިލިއަން ޑޮލަރު ހުރި ނަމަވެސް މިހާރު ރިޒާވުގައި ހުރީ 148 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް ދެމަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. 

ޔޫޒަބަލް ރިޒާވްއަކީ - ޔޫޒަބްލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްއަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް ކެނޑުމުން ބާކީ އޮންނަ އަދަދެވެ. ލައިބިލިޓީގެ ގޮތުގައި ހިމެނެނީ މުދާ އިމްޕޯޓް ކުރުމަށް ފައިސާ ހަރަދު ކުރާ އަދަދާއި ކުރު މުއްދަތުގެ ދަރަނި އުނި ކުރުމުން ބާކީ ހުންނަ ފައިސާ އެވެ.

ރާއްޖޭގެ ރިޒާވްއަކީ ކޮންމެ މަހަކު ދަށްވެ އިތުރުވާ އެއްޗެކެވެ. އޭގެ މައިގަނޑު ސަބަބަކީ ލޯނުތައް އަނބުރާ ދެއްކުން އިތުރުވުމާއި އިމްޕޯޓްއަށް ގިނަ އަދަދެއްގެ ފައިސާ ރިޒާވުން ނަގަން ޖެހުމެވެ. މިފަހުގެ ތާރީހުގައި ރާއްޖޭގެ ރިޒާވް އިތުރު ވެގެން ދިޔައީ މިދިއަ ޑިސެމްބަރު މަހު އެވެ. ރިޒާވްގެ ނަމްބަރު އެއް ބިލިއަން ޑޮލަރަށް އެެރި އެވެ. ނަމަވެސް މި އަދަދަށް ރިޒާވް މަތިވެގެން ދިޔައީ އިންޑިއާގެ މަރުކަޒީ ބޭންކު ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ރާއްޖޭގެ އެމްއެމްއޭއިން ހެދި ކަރަންސީ ސްވޮޕް ނުވަތަ ފައިސާ ބަދަލު ކުރުމުގެ އެއްބަސްވުމުގެ ސަބަބުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.