ރަައީސްގެ ދަތުރު ހަރަދު ހާމަނުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނިއުޔޯރކް ދަތުރުފުޅުގެ ރަސީދުތައް ހޯދުމަށް ހުށަހެޅި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ހޯދުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ގެންގޮސްފި އެވެ.

ރައީސް ސޯލިހް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދާއި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދު ހޯދަން ވަނީ ހުށައަޅާފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން ކޮމިޝަަރު ނިންމެވީ އެ މައުލޫމާތު ހާމަ ކުރުމަށެވެ. ސިއްރު މައުލޫމާތެއް ވާނަމަ އެ މައުލޫމާތު އުނިކުރުމަށް ފަހު ވިޔަސް ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދާއި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދު ހާމަކުރަން ވަނީ އަންގާފައެވެ.

އެ ނިންމުން ދައުލަތުން ވަނީ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އައިކޮމްގެ ނިންމުމަށް ތާއީދުކޮށް އެ މައުލޫމާތު ހާމަ ކުރުމަށް އަންގާފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނިއުޔޯރކް ދަތުރުފުޅުގެ ރަސީދުތައް ހޯދުމަށް ހުށަހެޅި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. މައްސަލަ އެ ކޯޓްގައި އިސްތިއުނާފު ކުރީ މި މަހުގެ ދެވަނަ ދުވަހު ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.