އިހަވަންދޫގައި ޒަމާނީ ކޮމިއުނިޓީ ސެންޓަރެއް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 31 ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމުގެ ސަރުކާރުން ދަނީ ކުރަމުންނެވެ.

އިހަވަންދޫގައި ގާއިމްކުރަމުންދާ ޒަމާނީ ކޮމިއުނިޓީ ސެންޓަރު --

ހއ. އިހަވަންދޫގައި ގާއިމް ކުރަމުންދާ ޒަމާނީ ކޮމިއުނިޓީ ސެންޓަރު ދައްކާލައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި އިހަވަންދޫގައި ގާއިމްކުރަމުންދާ ޒަމާނީ ކޮމިއުނިޓީ ސެންޓަރުގެ ފޮޓޯތަކެއް ވަނީ ހިއްސާ ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ސެންޓަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރައްވަމުން ގެންދަވާ ކޮމިއުނިޓީ ސެންޓަރުތަކުގެ ތެރެއިން މިހާރު ނިމެން ކައިރިވެފައިވާ ސެންޓަރެއް ކަމަށެވެ. އެތަން ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ކުރެހުމެއް ނޫނެވެ." އެ ފޮޓޯތައް ހިއްސާކުރައްވަމުން މަހުލޫފް ވިދާޅުވެފައިވެ އެވެ.

މިމަރުކަޒުތަކުގައި ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމިއްޔާތަކަށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށާއި އިތުރު ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 31 ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމުގެ ސަރުކާރުން ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.