އައްޑޫ އެއާޕޯޓު ކުންފުނީގެ ބޯޑަށް ވެމްކޯގެ ޖީއެމް، ޝާތިފް

އައްޑޫ އެއާޕޯޓު ކުންފުންޏަކީ ދިވެހި ސަރުކާރުގެ އިތުރުން، ޗަންޕާ ބްރަދާސްގެ ކާސާ ހޯލްޑިންގްސްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ޝާތިފް މަގާމަށް އައްޔަނު ކުރި ކަމުގެ ލިޔުން ހަވާލުކުރަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމަށް ސަރުކާރުގެ ފަރާތުން އެ އަތޮޅު ފޭދޫ ނޫކޮކާގޭ ޝާތިފް އަލީ އައްޔަނުކޮށްފިއެވެ.

ޝާތިފް އަށް އެ މަގާމުގެ ލިޔުން ހަވާލުކުރީ އީދު ބަންދުގެ ކުރިން، 22 ޖޫން ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ޕީސީބީން ބުނީ ޝާތިފް މަގާމަށް އައްޔަނު ކުރުމުގެ ރަސްމިއްޔާތުގައި ޕީސީބީން އައްޑޫ އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ފައިނޭންޝަލް އަދި ގަވަނެންސް ރިވިއުތަކުން ފާހަގަވީ ކަންކަން ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ކުންފުނި ހިންގުމުގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރި ކަމަށެވެ.

ޝާތިފް އަކީ ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ދެކުނު ސަރަހައްދުގެ ޖެނެރަލް މެނޭޖަރެވެ. އޭނާ ވަނީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީ އިން މާސްޓާސް އިން މެނޭޖްމަންޓް ހާސިލު ކުރައްވާފައެވެ. ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީން ކަން ވެސް ކުރެއްވިއެވެ.

އައްޑޫ އެއާޕޯޓު ކުންފުންޏަކީ ދިވެހި ސަރުކާރުގެ އިތުރުން، ޗަންޕާ ބްރަދާސްގެ ކާސާ ހޯލްޑިންގްސްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.