ތިން ލީޑަރުން އެއްތަން ކުރެވޭނެކަން ޔަގީން: ވިޑޯޑޯ

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވާ ގޮތުގައި ޓައިވާނުގެ މައްސަލަ އާއި ޔުކުރޭނުގެ ހަނގުރާމަ އާއި ގުޅިގެން ކަންކަން ބަދަލުވެ ހޫނެއް އުފެދިފައި އޮތް މިންވަރަށް ބަލާއިރު އެއީ ކުރިމަތީގައި އޮތް ވަރަށް ބޮޑު ތަކުލީފަކަށް ވާނެ އެވެ.

ރައީސް ލަޑީމިއާ ޕުޓީން އާއި ރައީސް ޝީޖިން ޕިން

ރަޝިއާ - ޔުކްރޭންގެ ހަނގުރާމައާ ގުޅިގެން ރަޝިޔާގެ ވާހަކަ ޝަކުވާ އާއި ހިފައިގެން އެމެރިކާ އާއި ހުޅަނގާ ހަމައަށް އަދި އެމެރިކާގެ ވާހަކަ އާއި އެދުންތައް ހިފައިގެން މެދުއިރުމައްޗަށާއި ދުރު އިރުމައްޗަށް ސިޓީ އާއި މަންދޫބުން ހިމެނޭ ގޮތުން ހިންގަވާ އެންމެ ބޮޑު ބުރަ މަސައްކަތް ކުރައްވާ އެއް ބޭފުޅަކަށްވެ ވަޑައިގެންފައި ވަނީ އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އެވެ. މީގައި އަމިއްލަފުޅު ޕީއާރް ވެސް ހިމެނެ އެވެ.

އަންނަ ނޮވެމްބަރު މަހު އިންޑޮނީޝިއާގެ ރިސޯޓް ރަށް، ބާލީގައި "ގްރޫޕް އޮފް 20" ، ޖީ20 ގެ ސަމިޓު އެބަ ބާއްވަ އެވެ. ފުސް މޫނަކާ އެކުވެސް އެ ބައްދަލުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަޑައިގަންނަވާ ޝޯ ކުޅުއްވާނެ ކަން ގައިމެވެ.

ދުނިޔޭގެ އެންމެ ބޮޑު 20 އިގްތިސާދު ހިމެނޭ ގޮތަށް ބާއްވާ ޖީ20 ސަމިޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ސަމިޓެވެ. އަދި މިއީ ކޮވިޑާއި ޔޫކްރެއިން - ރަޝިޔާ ހަނގުރާމަ އާއި ޓައިވާންގައި އެމެރިކާއިން އުފެއްދި އާވިގަނޑު ދުއްވާލަން ޓައިވާނު ވަށައިގެން ކަނޑާއި ވަޔާއި ކަނޑުގެ އަޑީގައި ފުރިހަމަ ހަތިޔާރުގެ ޑްރިލް ކުރުންތަކެއް ޗައިނާއިން ހިންގުމަށް ފަހު މިހެން އިންތިޒާމެއްގެ ތެރެއިން އަންނާނެ ބައިނަލްއަގްވާމީ އެންމެ ބޮޑު ހަރަކާތެވެ. އެ ދިމާއަށް ދުނިޔެ އޮތީ ބަލައިގެނެވެ.

އެކަމަކު އިންޑޮނޭޝިއާއަށް ވެސް އަދި ރައީސް ޖޯކޯ ވިޑޯޑޯއަށް ވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ ސަމިޓް، "ޖީ20" އަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ލާޑިމިއާ ޕޫޓިން އަދި ރައީސް ބައިޑަން އެއްތަން ކުރެވޭނެ ގޮތެއް ހޯއްދެވުމެވެ. މި ސުވާލު ބައިނަލް އަގުވާމީ މީޑިއާއިން އަދި ބައްރުތަކުން ދަނީ އުފައްދަމުންނެވެ.

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވާ ގޮތުގައި ޓައިވާނުގެ މައްސަލަ އާއި ޔުކުރޭނުގެ ހަނގުރާމަ އާއި ގުޅިގެން ކަންކަން ބަދަލުވެ ހޫނެއް އުފެދިފައި އޮތް މިންވަރަށް ބަލާއިރު އެއީ ކުރިމަތީގައި އޮތް ވަރަށް ބޮޑު ތަކުލީފަކަށް ވާނެ އެވެ. އެހެން ނަމަވެސް އިންޑޮނޭޝިއާ އަކީ އިންތިޒާމެއްގެ ތެރެއިން ގޮސް ލީޑަރުން އެއްތަން ކުރާން ދަންނާނެ ގައުމެކެވެ.

"މި ވަރުގަދަ ގައުމުގެ އިންތިޒާމުތަކުގެ ތެރެއިން އަންނަ ސަމިޓަށް ރައީސް ޝީ ޖިންޕިން ވަޑައިގަންނަވާނެ، އަދި ހަމަ ގައިމުވެސް ރައީސް ޕޫޓިން ވެސް ވަޑައިގަަންނަވާނެ، އެ މަނިކފާނު އޮތީ އަޅުގަނޑު ގާތުގައި ވަޑައިގަންނަވާނެ ކަމަށް ދަންނަވާފައި،" ރައީސް ވިޑޯޑޯ ވިދާޅުވި އެވެ. އެހެން ވިދާޅުވި އިރު ޔޫކްރެއިން ހަނގުރާމަ މައްސަލައިގައި ޖީ20 ގެ މެމްބަރުކަމުން ރަޝިއާ ވަކިކުރަން އެމެރިކާ ގޮވާލައި ޕްރެޝަރު ކޮށްފައި ވެއެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ

އަނެއްކޮޅުން މިއަހަރުގެ ރިޔާސަތު ބަލަހައްޓާ އިންޑޮނީޝިއާއިން ޗައިނާއާ ގުޅުވައި އުންމީދުތަކެއް ދިން ނަމަވެސް ކޮވިޑަށް ފަހު ރައީސް ޝީ ގައުމުން ބޭރަށް އަދިއެއް ވަޑައެއް ނުގަންނަވަ އެވެ. އަދި އެކަހެރިކަން އިތުރު ކުރައްވާފައިވާއިރު ގައުމުގެ އާންމު ތަނަކަށް ވެސް އެންމެ ފަހުން ވަޑައިގަތީ ފެނިވަޑައި ނުގެން ދެ ހަފުތާ ދުވަހު އުޅުއްވުމަށް ފަހު އެވެ.

ރައީސް ވިޑޯޑޯ ބުލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާރު އޮތް ތިން ލީޑަރުން އެކުގައި ބައްދަލުވުމެއް ނުބޭއްވުނަސް ސަމިޓްގެ ހަވާސާގެ ތެރެއިން ވަކި ވަކީން ބައްދަލު ކުރައްވާނެ ކަން ޔަގީނާ ކައިރި އެވެ. ސަބަބަކީ ރައީސް ޕޫޓިންއަށް ދެއްވައިފައި އޮތް ސަމިޓް ދައުވަތެވެ. އެކަމަކު އެއީ އަނބުރާ ނަގާނެ ދައުވަތެއް ނޫނެވެ. އަދި އިންޑޮނީޝިއާއިން މަސައްކަތް ކުރަނީ ސުލްހައަށެވެ. މިހާރު ވެސް ދައުރެއް އަދާ ކޮށް ދެވިއްޖެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.