ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމަށް ޔޫކޭއަކުން ނުބުނޭ: ސަފީރު

އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީތަކުގެ ދަރަޖަ މަތިކޮށްފަ އެވެ.

އިނގިރޭސި ސަފީރު ކެރޮސް ރޮސްލާ

ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމަށް ބަލައި، ދަތުރުވެރިން ސަމާލުވުމަށް އެދި ހާއްސަ ޓްރެވަލް އެޑްވައިޒަރީއެއް އިނގިރޭސި ސަރުކާރުން ނެރެފައި ނުވާ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ޓެރަރިސްޓު ހަމާއެއް ދޭނެ ކަމަށް ލަފާކޮށް އިނގިރޭސިވިލާތާއި އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީގެ ދަރަޖަ މަތިކޮށްފައިވާކަމަށް ރާއްޖޭގެ ނޫސްތަކުން އިއްޔެ ރިޕޯޓް ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރޮސްލާ ވަނީ އެއީ ހަގީގަތާ ޚިލާފު ހަބަރެއް ކަމަށް ވިދާޅުވެފަ އެވެ.

"[އިނގިރޭސި ސަރުކާރުން] ޖޫން 22 ވަނަ ދުވަހު ޓެރަރިޒަމާ ބެހޭ ގޮތުން ލަފާ ނެރުނީ މުޅި ދުނިޔެއަށް. މިއީ ވަކިން ހާއްސަކޮށް ރާއްޖެއާ ގުޅޭ ކަމެއް ނޫން" އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާއިން ވެސް ވަނީ އެ ގައުމުގެ ޓްރެވަލް އެޑްވައިޒަރީތަކުގެ ދަރަޖަ މަތިކޮށްފަ އެވެ. 

އެމެރިކާގެ އެޑްވައިޒަރީ ނެރުނު ދުވަހު ދެކުނު އަދި މެދުތެރޭ އޭޝިއާގެ އެހެން ބައެއް ގައުމުތަކާ ގުޅޭ ޓްރެވަލް އެޑްވައިޒަރީތައް ވެސް އެ ގައުމުން ނެރެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.