މިދިޔަ އަހަރު ޑިއުޓީގެ އިނާޔަތް: 1.6 ބިލިއަން ރުފިޔާގެ މުދަލަށް

މިދިޔަ ފަސް އަހަރު ކަސްޓަމުން މައާފުގެ އެންމެ ބޮޑު އަދަދެއް ދީފައި ވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 1.9 ބިލިއަން ރުފިޔާގެ މުދަލުން ޑިއުޓީ މައާފު ކޮށްދިނެވެ. މިދިޔަ އަހަރު ރާއްޖެއަށް 10 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ.

މާލެ ވިޔަފާރި ބަނދަރަށް ހެވީ ވެހިކަލްއެއް ބާލަނީ: މަޝްރޫއު ހިންގަން ގެނައި ތަކެތިން މިދިޔަ އަހަރު ގިނަ ކުންފުނިތަކަށް ޑިއުޓީގެ އިނާޔަތް ދިން -- އެމްޕީއެލް

ރާއްޖެއަށް އެތެރެ ކުރާ މުދަލަށް ކޮންމެ އަހަރަކު ވެސް ބޮޑުތަނުން ޑިއުޓީގެ އިނާޔަތް ދެއެވެ. ނަމަވެސް ކުރިން މި މައުލޫމާތަކީ އާއްމުކޮށް އެނގެން އޮންނަ ހާމަކުރާ މައުލޫމާތެއް ނަމަވެސް މި އިނާޔަތް ދޭ ކުންފުނިތަކާއި ވަކިވަކި ފަރާތްތައް މިހާރު ނޭނގެ އެވެ. 

ހަމައެކަނި އެނގެނީ އަހަރު ނިންމާއިރު ޑިއުޓީގެ އިނާޔަތް ލިބުނު އަދަދު ގަނޑުކޮށް އެނގޭ ނަމްބަރެވެ. ގަނޑުކޮށް އެނގޭ މި ނަމްބަރުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރޭން 1.6 ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މުދަލަށް ޑިއުޓީގެ އިނާނަތް ނުވަތަ މައާފުވަނީ ދީފަ އެވެ. 

ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް 10 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެެ ކޮށްފަ އެވެ. މި މުދަލުގެ ތެރޭން 1,600,676,358.83 ބިލިއަން ރުފިޔާގެ އަގު ހުރި މުދަލަށް ޑިއުޓީ ވަނީ މައާފު ކޮށްދީފަ އެވެ. އަހަރުން އަހަރަށް ބަލާއިރު ޑިއުޓީގެ އިނާޔަތްދޭ އަދަދު ދަނީ މަތިވަމުންނެވެ. 

ފަސް އަހަރުގެ ޑިއުޓީގެ އިނާޔަތް

  •  2018 ވަނަ އަހަރު - 1.9 ބިލިއަން ރުފިޔާ
  •  2019 ވަނަ އަހަރު - 1.7 ބިލިއަން ރުފިޔާ
  •  2020 ވަނަ އަހަރު 949 މިލިއަން ރުފިޔާ
  •  2021 ވަނަ އަހަރު - އެއް ބިލިއަން ރުފިޔާ
  •  2022 ވަނަ އަހަރު - 1.6 ބިލިއަން ރުފިޔާ

ޑިއުޓީގެ އިނާޔަތް ދެނީ ކޮން ބަޔަކަށް؟ ރާއްޖޭގައި  އިންވެސްޓްމަންޓުގެ ގާނޫނުގެ ދަށުން މަޝްރޫއު ހިންގަން އަންނަ ފަރާތްތަކާއި ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކެއް ހިންގަން އަންނަ ފަރާތްތަކުން އެތެރެކުރާ މުދަލަށް ޑިއުޓީ މައާފުކޮށްދެ އެވެ. ނަމަވެސް މިހާރު ޑިއުޓީގެ މައާފުދޭ ފަރާތުގެ ނަން ހާމައެއް ނުކުރެ އެވެ.  

ސަރުކާރުން 2017 ވަނަ އަހަރު އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ ސިނަމާލެ ބްރިޖު އެޅި ސީސީސީ ކުންފުންޏަށް ޑިއުޓީގެ ބޮޑު އިނާޔަތެއް ލިބުނެވެ. އޭރު ހިންގި ރިސޯޓުތަކުގެ މަޝްރޫއުތަކަށް އެތެރެކުރި ސާމާނަށްވެސް ބޮޑުތަނުން ޑިއުޓީ މައާފުކޮށްދިނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.