މާފަރު "މިނިކާވަގު" ހޯދުމުގެ އޮޕަރޭޝަން ފުޅާކުރަނީ

މާފިލާފުށިން މާދަމާ އިތުރު ސިފައިން މާފަރަށް ދާނެ ކަމަަށާ ޖަނަވާރު ހޯދުމުގެ މަސައްކަތް ފުޅާ ކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

މާފަރު އެއާޕޯޓް ސަރަހައްދުން ގޮތް ނޭންގޭ ޖަނަވާރެއް ފެނުނު ކަމުގެ ރިޕޯޓެއް ލިބިގެން އެ ހޯދުމަށް ކުރަމުން އައި މަސައްކަތް ފުޅާ ކުރަން ނިންމައިފި އެވެ.

މާފަރު އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އާ ރަންވޭއެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު އެ ސަރަހައްދުން މިއަދު ވަނީ ރާއްޖެއިން ނުފެންނަ ބާވަތެއްގެ ޖަނަވާރެއް ފެނިގެން ރިޕޯޓް ކޮށްފައެވެ.

މާފަރު އެއާޕޯޓް ސަރަހައްދުން ފެނުނު އެ ޖަނަވާރު ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ ކުރީ ރަންވޭގެ މަަސައްކަތުގައި އުޅުނު އެމްޓީސީސީގެ ބިދޭސީ މުވައްޒިފެއް ކަމަށް ވެއެވެ. އެ މީހާ ބުނާ ގޮތުން އެއީ މިނިކާ ވަގެކެވެ. ނަމަވެސް މިނިކާ ވަގަކީ ރާއްޖޭގައި އުޅޭ ޖަނަވާރެއް ނޫނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "މި" ނޫހަށް ވިދާޅުވި ގޮތުގައި ގޮތް ނޭންގޭ ޖަނަވާރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން އެކަމުގެ ރިޕޯޓެއް ލިބި އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. މިހާތަނަށް އޭގެ އެއްވެސް ހިލަމެއް ނުވެއެވެ.

މާފިލާފުށިން މާދަމާ އިތުރު ސިފައިން މާފަރަށް ދާނެ ކަމަަށާ ޖަނަވާރު ހޯދުމުގެ މަސައްކަތް ފުޅާ ކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"މިނިކާވަގެ"އް ފެނިގެން މާފަރު ކައުންސިލުން ވެސް އާންމުން ރައްކާތެރިވެ ސަމާލުވާން އަންގާފައެވެ. އެ ރިޕޯޓާ ގުޅިގެން ރަށުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.