މާފަރު އެއާޕޯޓް ސަރަހައްދުން ގޮތް ނޭންގޭ ޖަނަވާރެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

މާފަރު އެއާޕޯޓް ސަރަހައްދުން ފެނުނު އެ ޖަނަވާރު ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

މާފަރު އެއާޕޯޓް ސަރަހައްދުން ފެނުނު ޖަނަވާރު

މާފަރު އެއާޕޯޓް ސަރަހައްދުން ގޮތް ނޭންގޭ ޖަނަވާރެއް ފެނުނު ކަމުގެ ރިޕޯޓެއް ލިބިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މާފަރު އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އާ ރަންވޭއެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު އެ ސަރަހައްދުން މިއަދު ވަނީ ރާއްޖެއިން ނުފެންނަ ބާވަތެއްގެ ޖަނަވާރެއް ފެނިގެން ރިޕޯޓް ކޮށްފައެވެ.

މާފަރު އެއާޕޯޓް ސަރަހައްދުން ފެނުނު އެ ޖަނަވާރު ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ ކުރީ ރަންވޭގެ މަަސައްކަތުގައި އުޅުނު އެމްޓީސީސީގެ ބިދޭސީ މުވައްޒިފެއް ކަމަށް ވެއެވެ. އެ މީހާ ބުނާ ގޮތުން އެއީ މިނިކާ ވަގެކެވެ. ނަމަވެސް މިނިކާ ވަގަކީ ރާއްޖޭގައި އުޅޭ ޖަނަވާރެއް ނޫނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "މި" ނޫހަށް ދެންމެ ވިދާޅުވި ގޮތުގައި ގޮތް ނޭންގޭ ޖަނަވާރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން އެކަމުގެ ރިޕޯޓެއް ވަނީ ލިބިފައެވެ. އަދި އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.