އެމްޑީޕީ ދާނީ ކުރިއަށް: ރައީސް

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީއާ އެމްޑީޕީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށެވެ. އެމަނިކުފާނު ވަނީ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާވެެސް ހުރިހާ މެންބަރުންނަށް ފޮނުއްވާފައެވެ.

ރައީސް ސޯލިހް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަބަދުވެެސް ދާނީ ކުރިއަށް ކަމަށް ޕާޓީގެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީއާ އެމްޑީޕީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށެވެ. އެމަނިކުފާނު ވަނީ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާވެެސް ހުރިހާ މެންބަރުންނަށް ފޮނުއްވާފައެވެ.

ސިޔާސީ ޕާޓީތައް އުފައްދާ ހިންގުމުގެ ހުއްދަ ދިނުމާއެކު ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އެމްޑީޕީއަކީ މި ފަހަކާ ޖެހެންދެން ވަރަށް ގަދަ ބަދަހިކަމަކާ އެކުވެެެރި ކަމެއް އޮތް ޕާޓީ އެކެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދާ ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހި ހިޔާލުތަފާތުވުން ބޮޑުވެ އެމްޑީޕީގައި އޮތް ބަދަހި ކަމަށް ވަނީ އަސަރު ކޮށްފައެވެ.

ހާއްސަކޮށް ޖަނަވަރީ 28ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެ ބަދަހިކަން މުޅީން ގެއްލުނެވެ. ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހް ވަނީ ކުރި ހޯއްދަވާ ރިޔާސީ ދެވަނަ ދައުރަކަށް ޓިކެޓް ކަށަވަރު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވެވި

މި ފަހުން އެމްޑީޕީ ހިންގީ ދެ ފެކްޝަނެއްގެ ގޮތުގައެވެ. ނަމަވެސް 18 ވަނަ އަހަރީ ދުވަހާއި ހަމައަށް އައިއިރު ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

އެމްޑީޕީގައި އެންމެ މަގުބޫލު ވި ޝަހުސިއްޔަތު އެ ޕާޓީ ދޫކޮށްލެއްވުމުގެ ކުރީން އެމަނިކުފާނަށް ވަފާތެރި މަޖިލީހުގެ 13 މެންބަރަކާއި ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒްއާ އިސް ބައެއް ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެވަޑަައިގެންފައެވެ. އަދި އެ ބޭފުޅުން މިހާރު ގެންދަވަނީ "ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ނަޝީދުގެ ވަފާތެރި މެންބަރުންގެ ނަޒަރުގައި އެމްޑީޕީ ބައިބައި ކުރެއްވީ ރައީސް ސޯލިހެވެ. ރައީސް ސޯލިހަަށް ތާއީދު ކުރާ މެންބަރުން ބުނާ ގޮތުން ވެރިކަމުގެ ދަހިވެތި ކަމުގައި އެމްޑީޕީ ހަލާކުކޮށްލެއްވީ ރައީސް ނަޝީދެވެ.

އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ހިނގިޔަސް އަދި ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑަައިގަތަސް އެމްޑީޕީއަށް މިހާތަނަށް ބޮޑު އަސަރެއް އަދި ނުކުރެއެވެ. ރައީސް ސޯލިހްގެ ޒައާމަތުގައި އެމްޑީޕީ އިތުރަށް ވަރުގަދަ ކުރުމުގެ އިތުރު މަސައްކަތްތަކެއް ވަނީ ފަށާފައެވެ.

އެމްޑީޕީގެ ދަފްތަރުން ގިނަ ބަޔަކު ވަކި ނުވިޔަސް ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގަައި ރައީސް ސޯލިހަށް އެންމެ ބޮޑު ޗެލެންޖަކަށް ވާނީ އެމްޑީޕީގައި ތިއްބެވި ދުވަސްވީ ގިނަ މެންބަރުންތަކެއް ދެކޮޅަށް ނިކުންނަވާ ކުރައްވާ މަސައްކަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.