ރާއްޖެއަށް ކުރިއެރުން ހޯދޭނީ ކަނޑުދަތުރުފަތުރު މެދުވެރިކޮށް: ސައީދު

ސައީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ 90 އިންސައްތައަށް ވުރެ ބޮޑު ބަޔަކީ ކަނޑު ކަމުގައި ވާތީ، ކަނޑުމަގުން ދަތުރުކުރުމަކީ ދިވެހިން ކުރިއެރުމަށް އޮތް މުހިއްމު މަގެއް ކަމަށެވެ.

އެސްޓީއޯ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު

ދިވެހިންގެ ދިރިތިބުމަށާއި ކުރިއެރުމަށް ކަނޑުދަތުރުފަތުރަކީ އެންމެ މުހިއްމު ކަންތައް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކަނޑުދަތުރުފަތުރުކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ސައީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ 90 އިންސައްތައަށް ވުރެ ބޮޑު ބަޔަކީ ކަނޑު ކަމުގައި ވާތީ، ކަނޑުމަގުން ދަތުރުކުރުމަކީ ދިވެހިން ކުރިއެރުމަށް އޮތް މުހިއްމު މަގެއް ކަމަށެވެ.

ކަނޑުމަތީގެ ރައްކާތެރިކަމާއި، ތިމާވެށީގެ ރައްކާތެރިކަމުގެ ޝިއާރުގެ ދަށުން އިއްޔެ ފާހަގަކުރި ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ގައުމީ ޝިޕިން ކުންފުނި، އެމްއެސްއެސްގެ ފުރަތަމަ އެމްޑީ އަދި ކުރީގެ ކެޕްޓަން ސައީދު ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއިން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރުވެސް އެމްއެސްއެސްގެ ބޯޓުފަހަރުގައި ތިމާވެއްޓާ ރައްޓެހި އާލާތްތައް ހަރުކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ގަވާއިދުތަކަށް އައި ބަދަލާ ގުޅިގެން ބޯޓުފަހަރުގައި އަންދާ ތެލުގެ ސާފުކަން ވެސް ވަނީ އިތުރުކުރެވިފައި. އޭގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރެވިފައި": އޭނާ ވިދާޅުވިއެވެ.

ކަނޑުދަތުރުކުރާ މީހުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރަން ފެށީ 2010 ވަނަ އަހަރުއެވެ. އެ އަހަރަކީ ކަނޑުދަތުރުފަތުރުގެ ތަމްރީނުތަކާއި، ސާޓިފިކޭޝަންއާ ބެހޭ މުއާހަދާ [އެސްޓީސީޑަބްލިއު] އެކުލަވާލެވުނު އަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.