ރަޝިޔާގެ ކުލީ ސިފައިންގެ ގުރޫޕަކުން އަސްކަރިއްޔާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

ވާގްނާ ގުރޫޕަކީ ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައާ ދެކޮޅަށް ފާޅުގައި އަޑު އުފުލަމުން އައި ޖަމާއަތެކެވެ. އެ ގުރޫޕުގެ ލީޑަރު ޕްރިގޯޒިން ވަނީ އެ ހަނގުރާމަޔާ ބެހޭ ގޮތުން ރަޝިޔާގެ ދިފާއީ ވުޒާރާއިން ބޮޑެތި ދޮގުތަކެއް ހަދާފައިވާ

ވާގްނާ ގުރޫޕުގެ އިންޒާރަށް ފަހު، ރޮސްޓޯވްގައި އަސްކަރީ އުޅަނދެއް ހަރަކާތްތެރި ވަނީ

ރަޝިޔާގެ ކުލީ ސިފައިންގެ ގުރޫޕެއް ކަމުގައިވާ "ވާގްނާ" ގުރޫޕުން ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިއެވެ. 

އެ ގުރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޯޒިން ޓެލެގްރާމް މެދުވެރިކޮށް މިއަދު ދިން މެސެޖެއްގައި ބުނީ ރަޝިޔާގެ ބޯޑަރު ހުރަސްކޮށް ޔޫކްރޭނުގައި ތިބި އޭނާގެ ސިފައިން އެ ގައުމަށް ވަދެފައިވާ ކަމަށެވެ. އަދި އޭނާއަށް ހުރަސްއެޅި ކޮންމެ ބައެއްގެ ދުވަސް ދުއްވާލާނެ ކަމަށް ދިން އިންޒާރުގައި ބުނެފައިވެއެވެ.

ޕްރިގޯޒިން ތުހުމަތުކުރާ ގޮތުގައި ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ އޭނާގެ ސިފައިންގެ ލަޝްކަރަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލާފައެވެ. އެގޮތުން މިއަދުވެސް، ހެލިކޮޕްޓަރަކުން އޭނާގެ ސިފައިންނަށް ހަމަލާ ދީފައިވާ ކަމަށް ބުނެއެވެ.

ވާގްނާ ގުރޫޕަކީ ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައާ ދެކޮޅަށް ފާޅުގައި އަޑު އުފުލަމުން އައި ޖަމާއަތެކެވެ. އެ ގުރޫޕުގެ ލީޑަރު ޕްރިގޯޒިން ވަނީ އެ ހަނގުރާމަޔާ ބެހޭ ގޮތުން ރަޝިޔާގެ ދިފާއީ ވުޒާރާއިން ބޮޑެތި ދޮގުތަކެއް ހަދާފައިވާކަމަށް މީގެ ކުރިން ބުނެފައެވެ.

މި މަހުގެ ކުރީކޮޅު ރަޝިޔާ ސަރުކާރުން ވަނީ އެ ގައުމުގައި ތިބި ޕެރެމިލިޓަރީ ހުރިހާ ގުރޫޕަކަށް ޔޫކްރޭން ހަނގުރާމައިގައި ބައިވެރިވުމުގެ އެއްބަސްވުމަކަށް އައުމަށް ޑިމާންޑު ކޮށްފައެވެ. ނަމަވެސް ވާގްނާ ގުރޫޕުން ވަނީ އެ ދައުވަތަށް ވެސް ގޮންޖަހާ، އަސްކަރިއްޔާއާ ދެކޮޅަށް އަޑު އުފުލުން އިތުރުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވާގްނާގެ ލަޝްކަރު މި ވަގުތު ތިބީ ރަޝިޔާގެ ދެކުނު ބޯޑަރުގެ ޝަހަރެއް ކަމުގައިވާ ރޮސްޓޯވްގައެވެ. އަދި އެ މީހުން ވެރިރަށް މޮސްކޯއަށް ހަމަލާދީފާނެ ކަމަށްޓަކައި، އެ ސިޓީގައި "ޓެރަރިޒަމާ ދެކޮޅު ފިޔަވަޅުތައް" އަޅާފައިވާކަމަށް މޮސްކޯގެ މޭޔަރު ވަނީ އިއުލާނު ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.