ރައީސް އޮފީހަށް ވަޑައިގަތީ މަރު ކޮމިޝަންގެ ބައްދަލްވުމަކަށް

ރައީސް އޮފީހަށް ވަޑައިގެންނެވި ސަބަބާއި ގުޅޭގޮތުން "މި" ނޫހުން ސުވާލު ކުުރުމުން ޕީޖީ ހުސައިން ޝަމީމް ދެންމެ ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގަތީ ބައްދަލްވުމަކަށް ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ކ) އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު (މ) ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް (ވ)

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަޑައިގެންނެވީ މަރު ކޮމިޝަންގެ ބައްދަލްވުމަކަށް ކަަމަށް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ރައީސް އޮފީހަށް ވަދެވަޑައިގަންނަވަނިކޮށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ވަނީ ރައީސް އޮފީހަށް ވަޑައިގެންފައެވެ. އެ ތިން ބޭފުޅުން ރަައީސް އޮފީހަށް ހާޒިރުކުރީ ކަމަށާ އެ ބޭފުޅުން އޮފީހަށް ހާޒިރުކުރެއްވީ ރައީސް ޔާމީންގެ ޝަރީއަތާއި ގުޅިގެން ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.

ރައީސް އޮފީހަށް ވަޑައިގެންނެވި ސަބަބާއި ގުޅޭގޮތުން "މި" ނޫހުން ސުވާލު ކުުރުމުން ޕީޖީ ހުސައިން ޝަމީމް ދެންމެ ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގަތީ ބައްދަލްވުމަކަށް ކަމަށެވެ. އެއީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަން -- މަރު ކޮމިޝަންގެ ބައްދަލްވުމަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މަރު ކޮމިޝަންގެ މަަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބާއްވާ އެ ބައްދަލްވުމަކީ ކޮންމެ ދެ ހަފްތާއަކުން އެއް ދުވަހު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.

"މިއަދުވެސް އަޅުގަނޑުމެން މިދިޔައީ އެ ބައްދަލްވުމަށް. ދެން ބައްދަލްވުމަށް ދިޔަ ވަގުތާއި އެ ބޭފުޅުން [އިދިކޮޅުގެ އިސް ބޭފުޅުން] ރައީސް އޮފީހުގައި ތިއްބެވި ވަގުތާއި ދިމާވީ،" ޝަމީމް ވިދާޅުވި އެވެ.

އަދި އެ ބޭފުޅުން ރައީސް އޮފީހަށް ހާޒިރުުކުރީ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.