ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި

"ރާއްޖޭގައި މިވަގުުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާ އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަަކަ ދެންނެވީމެވެ،"

އެމްޑީޕީގެ ރައީސް / ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި: އެމަނިކުފާނު މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައި

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެެ.

އެމަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގެންފައިވާކަން ހާމަކުރައްވާ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވެވި ސިޓީ ދެންމެ ވަނީ އާންމު ކުރައްވާފައެވެ. ރައީސް ނަޝީދުގެ އަތްޕުޅުން ލިޔުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާ އެމަނިކުފާނު އެމްޑީޕީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ޕާޓީން ވަކިވެވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖޭގައި މިވަގުުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާ އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަަކަ ދެންނެވީމެވެ،"

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ އެމަނިކުފާނުގެ ވަފާތެރި މެންބަރުން އެ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަނިކޮށެވެ. "ދަ ޑިމޮކްރެޓްސް" ނަމުގައި އެ ޕާޓީ ރަޖިސްޓްރީ ކުރަން ހުށައެޅި ނަމަވެސް ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަދި ލިބިފައެއް ނުވެއެވެ. 

އެމްޑީޕީން ވަކިވެވަޑައިގަންނަވާކަން ހާމަކުރައްވާ ރައީސް ނަޝީދު އަތުން ލިޔުއްވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވެވި ސިޓީ

ޑިމޮކްރެޓުން ދެކޭ ގޮތުގައި އެ ހުއްދަ ދިނުން ފަސްކުރަނީ ގަސްތުގައެވެ. އެކަމުގެ ފަހަތުގައި ވަނީ ސަރުކާރުގެ ނުފޫޒެވެ. ސަރުކާރުން އަންގާ ގޮތަށް އެ ހުއްދަ ނުދޭން ކޮމިޝަންގެ ދެ މެންބަރަކު މަސައްކަތް ކުރެއެވެ. 

ކުރީން ވިދާޅުވީ އެމްޑީޕީ ހޯއްދަވާނެ ކަމަށް - ރައީސް ނަޝީދު އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވިއިރު މިދިޔަ ހޯމަ ދުވަހު ނޫސްވެރީންނާއި ބައްދަލު ކުރައްވާ ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިނުގެން މަޑުކުރައްވަނީ އެ ޕާޓީ އަލުން އަތުލެއްވުމަށް ކަމަށް ވިދާޅުވެފައެވެ.

ޑިމޮކްރެޓްސް ޕާޓީއަށް ވަޑައިނުގެން، އެމްޑީޕީގައި މަޑުކުރައްވަނީ ރިޔާސީ އިންތިހާބުގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ބާރު އެމްޑީޕީގައި ނުހިނގާނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށް އެ ދުވަހު ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އެމްޑީޕީ ދޫކޮށްލުމާއި ނުކޮށްލުން ބިނާވެފައި އޮތީ، އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ސެޕްޓެމްބަރު ނުވައެއް [ރިޔާސީ އިންތިހާބު]ގެ ފަހުން އެމްޑީޕީ ރައީސުލްޖުމްހޫރިއްޔާގެ ކަސްތޮޅަކު ނޯންނާނެ"

"އަޅުގަނޑު މިތާ [އެމްޑީޕީގައި] މިހުރީ. މަޑުކޮށްގެން ހުރެ ހަމަ މި ޕާޓީއާއެކީގައި، ޑިމޮކުރެޓުންނާ އެކީގައި ކަންކަން ނިންމަމުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި ދާނަން" ނަޝީދު އެ ދުވަހު ވިދާޅުވި އެވެ.

ނޫސްވެރީންގެ އެ ބައްދަލްވުމުގައިވެސް ނަޝީދު ވަނީ އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށިހެން، އަސާސީ ހައްގުތައް ހޯދަން މިހާރު އަލުން ނިކުންނަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވި ގޮތުގައި އެމްޑީޕީން މިހާރު ވަނީ އެ ޕާޓީގެ އުސޫލުތައް އެކަށް ހެން ދޫކޮށްލާފައިވާ ކަމަށާ ޕާޓީގައި ހުންނެވުމަށް ދަތިފުޅުވާ ކަމަށެވެ.

"އަޅުގަނޑު މިކަމާ ކަންބޮޑުވޭ، އަޅުގަނޑު މިހާރު މި ހުރި ޕާޓީގައި މި އަމަލުތައް ހިންގަވަމުން ގެންދާ ކަމަށް ވަންޏާ، އަޅުގަނޑަށް ވަރަށް އުނދަގޫ އަދި ކިތަންމެ ދުވަހެއް ވެފައިވީ ނަމަވެސް، އެމްޑީޕީގައި އަޅުގަނޑު ހުންނަން" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއާ ރައީސް ނަަޝީދު: ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. 2003 ވަނަ އަހަރު އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ލަންކާގައި ފެއްޓެވިއިރު އެކަމުގައި އެމަނިކުފާނުގެ ބައިވެރިވުން ވަރަށް ބޮޑެވެ. އެމްޑީޕީގެ ހަޔާތުން ފާއިތުވެދިޔަ 18 ވަރަކަށް އަހަރު އެ ޕާޓީގެ އެންމެ މަގުބޫލު ޝަހުސިއްޔަތަކީ ނަޝީދެވެ.

އެ ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނެވެ. އެ ޕާޓީގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެން ފުރަތަމަ ބޭފުޅަކީ ވެސް އެއީ އެވެ.

ނަޝީދުގެ މަގުބޫލުކަން ޕާޓީގެ ތެރޭގައި ކުޑަވާން ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތް ފަހުންނެވެ. އެމްޑީޕީގެ ބޮޑު ތާއީދެއް މިހާރު ރައީސް ސޯލިހަށް އެބައޮތެވެ.

ކޮމެންޓް

4
450
ނައީމް
10 months ago

ٱلْحَمْدُ لِلّٰهِ އެމްޑީޕީ ސަލާމަތް ވެއްޖެ އެވެ.

އިނާން
10 months ago

މަރުހަބާ ރައީސް މުހައްމަދު ނަޝީދު. މިއީ ވަރަށް ދެކެން ބޭނުންވި ދުވަހެއް. އަވަހަށް ޑިމޮކްރެޓްސްގެ ސަފުތައް ތަރުތީބުކޮށް ވަރުގަދަ ކޮށް ބަދަހިކޮށް ދެއްވާ.

އަލީ މުހައްމަދު
10 months ago

މީނައަށް އަޅެ ތެދެއް ބުނަން ނޭންގެނީތަ؟ ނޫނީ ހަމަ ނުބައި ނުލަފައީތަ؟ އަޅެ އިއްޔެ ނޫން އިހަކަށް ދުވަހު އޭ ބުނީ އެމްޑީޕީން ނުކެނޑޭނަމޭ މި ހުރީ އިބޫ އަތުން ޕާޓީ އަތުލާށޭ. އެހެން ބުނިތާ އަދި 24 ގަޑިއިރު މިވީ. އެ ކެނޑުނީ. މީހުން ބުނަނީ ރަނގަޅަށް މީނަ އެއްޗެއް ބުނެފިއްޔާ ބަލަން ޖެހޭނީ އަނެއްކޮޅަށް. މި އޮތީވާ ކަމެއް މިރާއްޖެއަށް ލައްވާލާފައި

ޝުކުރިއްޔާ
10 months ago

ٱلْحَمْدُ لِلّٰهِ ވަރަށް އުފާވެރި ޚަބަރެއް، އެމްޑީޕީ ތެރޭގައޮތް ނަޖިސްތައް އެއްކޮށް ބޭރުވެ މުޅިން އެމްޑީޕީ ސާފުތާހިރުވީ، ހުރިހާވެސް ހަމްދަކާއި ޝުކުރެއް ހުރީ ﷲ އަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.