ނައީމާގެ މަރު: އަހްޒަމްވެސް ޝަރީއަތް ނިމެންދެން ބަންދަށް

ނައީމާގެ މަރާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މަނަދޫއަށް ނިސްބަތްވާ ތިން ޒުވާނުންނެވެ.

ނައީމާގެ މަރުގެ ތުހުމަތުގައި ހައްޔަަރު ކޮށްފައިވާ ދެ ޒުވާނުން: މި މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފައިވޭ

ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެ ރަށު އަހުޒަމް އަބްދުލްޝަކޫރު، 23 ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި އެވެ. 

ނައީމާގެ މަރާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މަނަދޫއަށް ނިސްބަތްވާ ތިން ޒުވާނުންނެވެ. 

  •  ހުސެއިން ފަވާޒް، 21
  •  އަބްދުލްވަހީދު ރިފާޝް، 21
  •  އަހުޒަމް އަބްދުލްޝަކޫރު، 23

މީގެ ކުރީން އަބްދުލްވަހީދު ރިފާޝް، 21 ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ބަންދާއިމެދު ގޮތް ނިންމަން ހާޒިރު ކުރުމުން އަހުޒަމް އަބްދުލްޝަކޫރު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

އަހްޒަމް އަބްދުލްޝަކޫރު ހައްޔަރުކޮށް ފުރަތަމަ ބަންދުގައި ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އެ މައްސަލައިގެ ތުހުމަތުގައި 14 ދުވަހުގެ ބަންދެއްގައި ހުއްޓެވެ. އެ ފަހުން މިހާރު އޭނާ ހުރީ ނައީމާގެ މަރުގެ ތުުހުމަތުގައި ބަންދުގައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ އޭގެ ކުރީން ބަންދަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

އަހްޒަމަކީ ނައީމާ މަރާލި ގޮތް ފުލުހުންނަށް ކިޔައިދިން މީހާ އެވެ.

ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62،

ދެން މި މައްސަލާގައި ހިމެނޭ ހުސައިން ފަވާޒް ހައްޔަރުކުރީ މަނަދޫގައި ހުރެފައި މާލެ އައިސް އުޅެނިކޮށް މާލެއިންނެވެ. އޭނާގެ ބަންދަށް ކޯޓުން ދިނީ 30 ދުވަހުގެ މުއްދަތެވެ.

ނައީމާގެ މަރުގެ މައްސަލާގައި ކުރިއެރުންތަކެއް ނުލިބި ވަނިކޮށް ފުލުހުންގެ ތަހުގީގަށް މުހިންމު މައުލޫމާތުތަކެއް ލިބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އަހްޒަމް ހައްޔަރު ކުރުމުންނެވެ. ނަމަވެސް އަހްޒަމް ހައްޔަރު ކުރިއިރު އޭނާއާ ނައީމާގެ މަރާ ގުޅުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށް ވެއެވެ.

ނައީމާގެ މަރާ އޭނާއާ ގުޅުމެއް އޮތް ކަަމަށް ތުހުމަތު ވީ ތަހުގީގުގައި ދެއްކި ވާހަކަތަކަކުންނެވެ. ފަހުން އޭނާ ވަނީ ކުށައް އިއުތިރާފުވެ ކަން ހިނގާދިޔަ ގޮތް ކިޔާދީފައެވެ. އަނެއް ދެ ޒުވާނުން ހައްޔަރު ކުރީ އޭނާ ދިން މައުލޫމާތުގެ އަލީގައެވެ.

ނައީމާ މަރާލަން ބޭނުންކުރި ތަކެތި ހޯދުން - ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރިން ވިދާޅުވި ގޮތުގައި ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ވަނީ ހޯދާފަ އެވެ. އަދި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު ވެސް ވަނީ ހޯދާފަ އެވެ.

މިތަކެތި ހޯދީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވަނިކޮށެވެ. ސީޕީ ވިދާޅުވި ގޮތުގައި އެތަން ކޮނެ އެތަކެތި ވަނީ ނަގާފަ އެވެ.

ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ ގިނަ ޒަހަމްތަކާއެކު އެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާކަމަށް އަޑުފެތުރިފައިވެ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.