މަރުކަޒުގެ މުންނާރު ވަށައިގެން މަސްފެންގަނޑެއް ހަދަނީ

އިއްޔެ ގެޒެޓްކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އިސްލާމީ މަރުކަޒު މުންނާރު ވަށައިގެން މަސްފެންގަނޑެއް ހަދާ އެތަން ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވެއެވެ.

އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު މުންނާރު ވަށައިގެން މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިހާރު ވަނީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވެސް އިއުލާނު ކޮށްފައެވެ. އިއްޔެ ގެޒެޓްކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އިސްލާމީ މަރުކަޒު މުންނާރު ވަށައިގެން މަސްފެންގަނޑެއް ހަދާ އެތަން ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވެއެވެ.

ބީލަން ހުޅުވާލެވިފައި ވަނީ ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށް ބުންޏެވެ. އެކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް މައުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.

  •  ޕްރީބިޑް މީޓިން - ޖޫން 22 ވަނަ ދުވަހު
  •  މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރާ ވިޔަފާރިތަކަށް ފޮނުވާނެ
  •  ބީލަމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖޫން 22 ވަނަ ދުވަސް
  •  އަންދާސީ ހިސާބު ހުށަހެޅުން ޖުލައި ހަވަނަ ދުވަހު

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ވިޔަފާރިތަަކަށް އަންދާސީ ހިސާބު ހުށައަޅަން ފުުރުސަތެއް ނުދޭނެ އެވެ.

އިސްލާމީ މަރުކަޒު މުންނާރު ވަށައިގެން މަސްފެންގަނޑެއް ހަދާ އެތަން ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައިވާއިރު އެކަމަށް ދެ ދުވަހުގެ ފުުރުސަތެއް ދީ އެހާ އަވަހަށް އެ މަސައްކަތް ބަޔަކާ ހަވާލު ކުރަނީ ކޮން މުނާސަބަތަކަށް އެ މަަސައްކަތް ނިންމަން ކަމެއް ސާފެއް ނުވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.