ކާގޯ ޓްރެކިންއާއެކު އެމްއޭސީއެލުން ކާގޯ ހިދުމަތަށް ބަދަލުކޮށްލާނެ އާ ސިސްޓަމެއް ތައާރަފުކޮށްފި

އާ ހިދުމަތުގައި ގިނަ ފަސޭހަތަކެއް ލިބެން ހުރެ އެވެ. އެންމެ ބޮޑު އެއް ފަސޭހައަކީ އޮފީހަށް ނުގޮސް އޮންލައިންކޮށް ފައިސާ ދައްކާލައި ފޯމްތައް ހުށަަޅާލުމުގެ ފަސޭހަކަން ލިބިގެން ދިއުމެވެ.

އެމްއޭސީއެލް މުވައްޒަފުތަކެއް ވައިގެ މަގުން ގެނައި ކާގޯ ފޮށިތަކެއް ބާލަނީ -- އެމްއޭސީއެލް

މިހާރު ވައިގެ މަގުން އެތެރެކުރާ ކާގޯއަށް ފޯމްތައް ނިންމުމަށްފަހު ފައިސާ ދައްކަން ޖެހެނީ އެމްއޭސީއެލް ކާގޯ އޮފީހަށް ގޮސް ޗެކުން ނުވަތަ ނަގުދު ފައިސާ ދައްކާށެވެ. އެކަމަކު ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލް އިން މިއަދުން ފެށިގެން އަލަށް ފަށާ ކާގޯގެ ޒަމާނީ ހިދުމަތާއެކު މުޅި ނިޒާމު ބަދަލު ވެގެންގޮސް ލުއި ފަސޭހަ ވެގެންދާނެ އެވެ. 

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވައިގެ މަގުން މުދާ އެތެރެކުރާ ފަރާތްތަކަށް ހާއްސަކޮށް ތައާރަފުކުރާ "ކާގޯ އެޖެންޓް ޕޯޓަލް" ގެ ލިކްފޮލޯކުރާ ހިސާބުން ހިދުމަތް ހޯދާ ފަރާތްތަކަށް "ޔޫޒާ ފްރެެންޑްލީ" ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެ އެވެ. މިއީ ބޮޑު ބަދަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ފުރަތަމަ މި ޕޯޓަށް އިންޓްރޮޑިއުސް މިކުރަނީ އިމްޕޯޓް ކަސްޓަމަރުންނަށް. އެންމެ ހާއްސަ އެއް ފީޗާއަކީ ޓްރެކިން. ޓްރެކިން ފާހަގަ ކުރާ ފީޗާއަކަށް ވަނީ ނޯމަލީ ގިނަ ކަސްޓަމަރުންނަށް ފެމެލިއަވާނީ މިހާރު ކުދި ޕެކޭޖުތައް އަންނައިރު އަމަލުކުރާގޮތް. އެ ޕެކޭޖުތައް ޓްރެކް ކުރެވެން ހުރޭ. އެފަދަ ހިދުމަތްތެއް މިއީ،" ޓީވީއެމްގައި ވާހަކަ ދައްކަމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކާގޯގެ ހިދުމަތަށް އަންނަ ފަސޭހަ

  •  ފުރަތަމަ ހިދުމަތް ފަށަނީ އިމްޕޯޓް ކަސްޓަމަރުންނަށް
  •  މުދާ އޮންޓައިމް ޓްރެކިންއިން ބަލައި ލެވޭނެ
  •  އޮންލައިންކޮށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ
  •  ޝިޕްމަންޓް ޑެލިވަރީ ޑޮކިއުމެންޓްތައް އޮންލައިންކޮށް އަޕްޑޭޓް ކުރެވޭ
  •  ބްރޯކާ އެޖެންޓަށް ފޯމު ވެސް އޮންލައިންކޮށް ފޯރުކޮށްދެވޭނެ

އެމްއޭސީއެލް އިން ބުނީ މަސައްކަތް ކުރަމުންދަނީ މި ސިސްޓަމް ތަރައްގީކޮށް މުދާ ބޭރު ކުރާ ކަސްޓަމަރުންނަށް ވެސް ހިދުމަތް ފެށުމެވެ. މީގެ އިތުރުން ފީޑްބެކް ބަލައި އާ ހިދުމަތްތައް ތައާރަފުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.