އަލީ ރަމީޒުގެ ހޫނު ރައްދެއް ޑރ. އިޔާޒަށް

ލާދީނީ ފިކުރުތަކުގެ މިލަތައް ދޮވެދެމުން މުސްލިމުން ރުޅި އަރުވަމުން "ތިމަންނާ އަބަދުވެސް ބަޔާންް މި ކޮށްދެނީ ﷲގެ ހައްގު ދީނޭ ކިޔައިގެން ބުހުތާނު ދޮގު ނުހެދުމަށް" ވެސް އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަދި އަލީ ރަމީޒު

މާތްﷲގެ ހައްގު ދީނޭ ކިޔައިގެން ބުހުތާނު ދޮގު ނުހެދުމަށް އިލްތިމާސްކޮށް އަލީ ރަމީޒުގެ ފާޑުވިދާޅުވުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް އަމާޒު ކުރައްވައިފި އެވެ.

ސަރުކާރު ދިފާއުކޮށް ރައީސް ސޯލިހަށް ސަނާ ކިޔުމުގައި ވަރަށް މައްޗަށް ވަޑައިގެންފައިވާ އިޔާޒަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ބޭފުޅެކެވެ. ސޯޝަލް މީޑިއާ -- ޓްވިޓާގައި ވަރަށް އެކްޓިވް އިޔާޒަކީ އޭނާ ނުރުހޭ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް ވަރަށް ގިނައިން ފާޑުވިދާޅުވެ ޓްވީޓް ކުރައްވާ ބޭފުޅެކެވެ. ފާޑުކިޔުން އަމާޒުވުމުން އޭނާ އަކީ އިލްމުވެރިއެއް ކަމުގައި ދައްކާ ފާޑުކިޔުން އަމާޒު ކުރަނީ އެހެން ވެގެން ކަމަށް ވިދާޅުވެ ދީނާއި ގުޅުވައެވެ.

އެކަމަށް އިޝާރާތް ކުރައްވާ އަލީ ރަމީޒު ވަނީ ދީނީ އިލްމުވެރިއެއްގެ ލޭބަލް ޖަހައިގެން 24 ގަޑިއިރު "ވަކަރުގޭ" ކުދީން ގޮތަށް ދުލަށް އައިހާ އެއްޗެއް ޓްވީޓް ނުކުރުމަށް އިޔާޒަށް ނަސޭހަތްތެރިވެފައެވެ. ލާދީނީ ފިކުރުތަކުގެ މިލަތައް ދޮވެދެމުން މުސްލިމުން ރުޅި އަރުވަމުން "ތިމަންނާ އަބަދުވެސް ބަޔާންް މި ކޮށްދެނީ ﷲގެ ހައްގު ދީނޭ ކިޔައިގެން ބުހުތާނު ދޮގު ނުހެދުމަށް" ވެސް އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ގައުމު އަޅުވެރި ކުރުމަށް އެހީތެރިވަމުން ދާއިރު ކުޑަވެސް ބިރެއް ލަދެއް އަގަލެއް ބަހައްޓާށެވެ. ހަމަ ޔަގީނުން ވެސް ތިޔައީވެސް ﷲގެ ހަޒްރަތުގައި ހުއްޓެން ޖެހޭނެ މަހުލޫގެކެވެ،" ދީނީ ދައުވަތުގައި ވަރަށް އިސް ދައުރެެއް އަދާކުރައްވާ އަލީ ރަމީޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަލީ ރަމީޒުގެ މިފަދަ ޓްވީޓެއް މި އައީ އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު / އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފާއި މަގުމަތީން ދިމާކޮށްލާފައި ވަނިކޮށެވެ. އިޔާޒާ ދިމާކޮށްލާފައި ވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސަޕޯޓަރުންނެވެ. ދެ ޕާޓީގެ ސަޕޯޓަރުން އިހްތިޖާޖު ކުރަނިކޮށް އެ ސަރަހައްދުން އިޔާޒް ސައިކަލްގައި ވަޑައިގަންނަވަނިކޮށް ސަޕޯޓަރުން ވަނީ އިޔާޒަށް ފާޑުކިޔާ އޭނާއާ ދިމާކޮށްލާފައެވެ. އިޔާޒަށް ނިސްބަތްކޮށް ފާޑުކިޔުމުގެ ގޮތުން އެކި ލަގަބުތަކުން ގޮވާފައިވެއެވެ.

ސޯޝަލް މީޑިއާ -- ޓްވިޓާގައި ވަރަށް އެކްޓިވް އިޔާޒަކީ ޕީޕީއެމް / ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ކޮންމެ ދުވަހަކުހެން ތަފާތު ޓްވީޓްތައް ކުރައްވާ ބޭފުޅެކެވެ. އިލްމުވެރިއެއްގެ ދަރަޖައިން ނެއްޓި ރައީސް ޔާމީނާއި ދިމާކޮށް ލައްވާ އެކި ތުހުމަތުތަކާއި ފާޑުކިޔުން އަމާޒު ކުރައްވައެވެ.

އިޔާޒް ވަޑައިގަތުމުން ޔާމީންގެ ސަޕޯޓަރުން ދިމާކޮށްލެއްވީ އެ ސަބަބާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.