ސްޓެލްކޯގެ މަސައްކަތެއް: ރަސްދުއަށް 100 ޓަނުގެ ފެން ޕްލާންޓެއް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ކުންފުނީގެ އެ ތާރީހީ ވމަސައްކަތުގައި އުޅުނު މިކުންފުނީގެ ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ މަސައްކަތަށް ތަރުހީބު ދެއްވާފަ އެވެ.

ސްޓެލްކޯއިން ރަސްދޫގައި ބެހެއްޓި 100 ޓަނުގެ އާރްއޯ ޕްލާންޓް

އއ. ރަސްދޫގެ ފެނުގެ ޑިމާންޑަށް ކޭޓާ ކުރަން އެ ރަށުގައި އިތުރު 100 ޓަނުގެ އާރްއޯ ޕްލާންޓެއް ސްޓެލްކޯއިން ބަހައްޓައިދީފި  އެވެ.

ސްޓެލްކޯއިން ބުނީ ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދޭން ބެހެއްޓި އާ ޕްލާންޓާއެކު، ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

މި ޕްލާންޓަކީ ސްޓެލްކޯގެ މުވައްޒަފުން، އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ކުންފުނީގެ އެ ތާރީހީ މަސައްކަތުގައި އުޅުނު، ކަރަންޓު ކުންފުނީގެ ވޯޓާ ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ މަސައްކަތަށް ތަރުހީބު ދެއްވާފަ އެވެ.

ޝަރީފު ވިދާޅުވީ ސްޓެލްކޯއިން އަލަށް އެފަދަ ކަމެއް ކޮށް، ހޯދި ކާމިޔާބީއަށް ޝުކުރާއި، މަރުހަބާ ދަންނަވާ ކަމަށެވެ. 

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް، ކުންފުނީގެ ތާރީހީ މި މަސައްކަތް ކުރި ވޯޓާ ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއެކު
  •  އއ. އަތޮޅު
  •  ތޮއްޑޫ ދާއިރާ
  •  ޕޯސްޓް ކޯޑު: 09020
  •  ބިމުގެ ބޮޑުމިން: 20.1 ހެކްޓަރ
  •  އާބާދީ: 1,080
ރަސްދޫ - ރަސްދޫ މަޝްހޫރު ވެފައި އޮންނަނީ "ރަސްދޫ އަތޮޅު" ގެ ނަމުގަ އެވެ.

އެއީ އަތޮޅާއި މުޅިން ވަކި އަތޮޅެއްގެ ގޮތަށް އޮންނަ 4 ރަށުގެ ތެރެއިން މީހުން ދިރިއުޅޭ ހަމައެކަނި ރަށަށްވާތީ އެވެ. މާލެއަތޮޅު ފިޔަވައި އެންމެ ފުރަތަމަ ޓޫރިޒަމް ތައާރުފްކޮށްފައިވާ އަތޮޅަކީވެސް ރަސްދުއަތޮޅެވެ. އެ ރަށުގައި 100 އަހަރަށްވުރެ ގިނަދުވަސްވެފައި ހުރި ނިކަގަހެއް ހުރެއެވެ.

ކޮމެންޓް

1
450
ހުސޭނު
10 months ago

ޕޮރޮޖެކްޓް ތައް ކިތަންމެހާވެސް ރަނގަޅު، ކަރަންޓް ބިލްތައް ބޮޑީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.