ހައިލަމްގެ ގިނަ ސުވާލުތަކެއް، ހުޅުވާލީ ނުބައި ދޮރެއް

ހައިލަމް ވިދާޅުވާ ގޮތުގައި އަލީ ވަހީދުގެ މި މައްސަލާގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ ނުފޫޒުގައި ޖެހިފަ އެވެ. އެއީ ދެކޮޅު ހެދެން ނެތް ހަގީގަތެއް ކަމަށްވެސް އޭނާ ގަބޫ ކުރައްވަ އެވެ.

ކުރީގެ އިސްގާޒީ އަހްމަދު ހައިލަމް: އަލީ ވަހީދުގެ މައްސަލަ ނިންމެވި ގޮތުން ގިނަ ސުވާލުތަކެއް ކުރިމަތި ކުރެއްވި

ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައިގެ ތުހުމަތު ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ، އަނިޔާ ލިބުނު ފަރާތްތަކުން އެދެމުން ދާތީ ކުރިއަށް ނުގެންގޮސް ފައިލު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމާމެދު ސުވާލު އުފައްދަވާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް  ސުވާލުތައް ކުރިމަތި ކުރައްވައިފި އެވެ.

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ނޮވެމްބަރު 18، 2020 ގައެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ އާއި އަދި ހެކިބަސް ދޭން ތިބި މީހުން ބަޔާންތައް އަނބުރާ ގެންދަން ބޭނުން ވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ދައުލަތުން ނިންމާ އިއްޔެ އެ މައްސަލަ ވަނީ ނަގައި ފައިލު ކޮށްފަ އެވެ.

ހައިލަމް ވަނީ އެކަމާއި ގުޅިގެން ގިނަ ސުވާލުތަކެއް އުފައްދަވާފަ އެވެ. 

އެއް ކަމަކަށް ހައިލަމް ފާހަގަ ކުރެއްވީ އަނިޔާ ލިބޭ މީހުނާއި ހެކިން ތަހުގީގަށް ދޭ ބަޔާންތައް ބަދަލު ކުރުމަށް އެދި ފުލުހުންނާއި ޕީޖީ އޮފީހަށް ސިޓީ ފޮނުވުމަކީ އާންމު ކަމެކެވެ. މީގެ ކުރިން ބަޔާން ބަދަލު ކުރުމަށް އެދި ފޮނުވާ ސިޓީތަކާ ގުޅިގެން މައްސަލަތައް ފައިލު ނުކުރާއިރު މި ފަހަރު އުސޫލު ބަދަލުވީ ކީއްވެގެންތޯ އޭނާ އައްސަވަ އެވެ. 

އަދި އަނިޔާ ލިބޭ ފަރާތްތަކާއި ހެކިން ބަޔާން ބަދަލު ކުރުމަށް އެދުމުން މަރުގެ މައްސަލަތަކުގައި ވެސް ދެން ހިނގާނީ ހަމަ އެ އުސޫލުތޯ ސުވާލު ކުރައްވާ އެހެން ވެއްޖެނަމަ އެ ހުޅުވައި ދެވެނީ ކޮން ކަހަލަ ބިރުވެރި ދޮރެއްތޯވެސް އޭނާ ސުވާލު ކުރެއްވި އެވެ.

ކުރީގެ ގާޒީ ދެން ފާހަގަ ކުރައްވާ އައްސަަވާފައި ވަނީ އަލީ ވަހީދުގެ މައްޗަށް ހަ ދައުވާ އެއް ކުރި އިރު އެއްވެސް މައްސަލައެއްގައި ހެކިބަސް ނެގިފައި ނުވާ ކަމެވެ. އެހެން ވީއިރު އެ މައްސަލަތައް ސާބިތު ނުވާނެ ކަން ދައުލަތަށް އެނގުނީ ކިހިނެއްތޯ އެވެ. 

"މި ހުރިހާ ކަމަކުން ހާމަ ވެގެން ދަނީ... އެއް ގޮތަކީ އަލީ ވަހީދު ބުނާހެން ހެކި ނެތް މައްސަލައެއް ގައި ދައުވާ ކުރުމަށް ޕީޖީ ނިންމެވީ ބައެއްގެ ނުފޫޒުގައި ޖެހިގެންކަން. ނުވަތަ ހެކި ހުރެގެން ދައުވާ ކުރެވުނު މައްސަލަތަކެއް، ހެކިބަސް ނަގަން ފެށުމުގެ ކުރިން ފައިލް ކުރުމަށް ޕީޖީ ނިންމެވީ ކޮންމެ ވެސް ބައެއްގެ ނުފޫޒުގައި ޖެހިގެންކަން،"

ހައިލަމް ވަނީ މި މައްސަލާގައި ޕްރޮސެކިއުޓަރު ޖެނެރަލް ނުފޫޒުގައި ޖެހިފައިވާ ކަމީ ދެކޮޅު ހެދެން ނެތް ހަގީގަތެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.