އަލީ ވަހީދު ވިދާޅުވީ މިނިވަން ކަމުގެ އަލިކަމެއް ފެނިއްޖެ ކަމަށް

އޭނާގެ ކުޑައިރުގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓްގައި މާތްﷲގެ ހަމްދުކޮށްފައިވެއެވެ. ދެން ލިޔުއްވާ ލަވައެއްގެ ތަންކޮޅެކެވެ. އެއީ "އައި އުފާ މިނިވަން ހަގީގީ، އަލިކަމެއް ފެނިލައިފިއޭ" މި ލަވަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- މި

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައިގެ ތުހުމަތު ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ، އަނިޔާ ލިބުނު ފަރާތްތަކުން އެދެމުން ދާތީ ކުރިއަށް ނުގެންގޮސް ފައިލް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާއި ގުޅިގެން އުފާ ކުރައްވާ އަލީ ވަހީދު ޓްވީޓެއް ކުރައްވައިފި އެވެ.

އޭނާގެ ކުޑައިރުގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓްގައި މާތްﷲގެ ހަމްދުކޮށްފައިވެއެވެ. ދެން ލިޔުއްވާ ލަވައެއްގެ ތަންކޮޅެކެވެ. އެއީ  "އައި އުފާ މިނިވަން ހަގީގީ، އަލިކަމެއް ފެނިލައިފިއޭ" މި ލަވަ އެވެ. އެ ޓްވީޓްގައި ތޮއްޑޫ ސޯސަން ކްލަބުން ބޭއްވި ޝޯ އެއްގައި އެ ލަވައަށް ބަޑި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ހިއްސާ ކޮށްފައިވެއެވެ.

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ނޮވެމްބަރު 18، 2020 ގައެވެ. އެކަމަކު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ރާއްޖެއިން ފިލާފަ އެވެ.

އޭނާ ރާއްޖެއިން ފުރުމުގެ ސަބަބުން ކޯޓަށް ހާޒިރު ނުކުރެވި މައްސަލަ މަޑުޖެހިފައި އޮތުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވުމުން މައްސަލަ ހުށަހަޅަން އަނބުރާ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. ޕީޖީ އިން އޮތީ މައްސަލަ ފުލުހުންނަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ފުލުހުންނަށް އަނބުރާ ފޮނުވާލާފައި އޮތީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ވުމުން އަލުން ދައުވާ އުފުލަން އެ އޮފީހަށް ފޮނުވާ ގޮތަށް ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ފޮނުވާފައި ވަނިކޮށް އަނިޔާ ލިބުނު ފަރާތްތައް ޕީޖީ އޮފީހަށާއި ފުލުހުންނަށް އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ހެކިބަސް ދޭން ތިބި މުހިންމު ފަރާތްތަކެއް ތަހުގީގަށް ދީފައިވާ ބަޔާންތައް އަނބުރާ ގެންދިއުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވަމުންދާ ކަމަށް ވެސް ބަޔާން ކޮށްފައި ވެއެވެ. 

"މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިން މި އޮފީހަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާއި ގުޅިގެން މި އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށް، މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދެކޭ ގޮތް ސާފު ކޮށްފަ އެވެ." ބަޔާނުގައިވެ އެވެ.

އެމީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާތީ އާއި އަދި ހެކިބަސް ދޭން ތިބި މީހުން ބަޔާންތައް އަނބުރާ ގެންދަން ބޭނުން ވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ. އެހެންވެ، އެ މައްސަލައަކީ އަނބުރާ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި މި މަހުގެ ހަވަނަ ދުވަހު ކަނޑައަޅާފައިވާ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ކަމަށް ބުނެ ފުރައިގެން ދިއުމުން ޕީޖީ އޮފީހުން ވަނީ އިންޓަޕޯލް ނޯޓިސް ނެރެގެންނާއި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހޯދައިގެން އޭނާ ރާއްޖެ ގެނެވޭތޯ މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެފަދަ އަމުރެއް ކޯޓުން ނެރެދީފައެއް ނުވެ އެވެ.

ފިލައިގެން ދިއުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި އޭނާ ވިދާޅުވެފައި ވަނީ އޭނާ ފުރުވާލީ ސަރުކާރުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.