ޓްރީ ޓޮޕް ހޮސްޕީޓަލުގެ އޯތޯޕީޑިކް ސްޕެޝަލިސްޓުންނަކީ ތަޖުރިބާކާރު މާހިރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށް ދެމުން އަންނަ ހޮސްޕިޓަލެކެވެ.
ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކްލަބް ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) ގެ އޭސީއެލް ސާޖަރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބު ކަމާއެކު ފުރިހަމަ ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ސެންޓޭ، އެންތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ފުރިހަމަ ކުރީ ކަށީގެ އޮޕަރޭޝަނަށް ހާއްސަ ތަޖުރިބާކާރު ކޮންސަލްޓަންޓް ޑރ. ހުސެން ފައިސަލް ބެލުމުގެ ދަށުގައި ކަމަށެވެ.
އޭސީއެލް އަކީ ކަކުލުގެ ހުޅު އެނބުރުމުގެ ސަބަބުން އާންމުކޮށް އަނިޔާވާ ލިގެމަންޓެކެވެ. އެއީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑައި ގުޅުވާ ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ. ކުޅުންތެރިޔަކު ވެއްޓުމުގެ ސަބަބުން ކަކުލުގެ ހުޅަށް އަނިޔާވުމުން ދެހަފްތާ ވަންދެން ކަކުލު ހުޅުގައި ރިއްސާ ދުޅަވެ އެވެ. އޭސީއެލް އަނިޔާވެ އަވަސް ފަރުވާ ނުދެވިއްޖެނަމަ ކަކުލުގެ ހުޅު ބޭނުން ކުރުމުގައި އުނދަގޫތަކާއި ކުރިމަތިވެ އެވެ.
ސެންޓޭގެ އޭސީއެލް އިރައިގެން ގޮސްފައި އޮތްކަން ފުރަތަމެ އެނގުނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ހެދި އެމްއާރްއައި ސްކޭނަކުންނެވެ. ސާޖަރީއެއް ކުރަންޖެހޭ ހަބަރު ލިބުމުން ރާއްޖޭން ބޭރަށް ދާން ވިސްނުމަށް ފަހު، ސެންޓޭ ފަހުން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސާޖަރީ ހަދަން ނިންމީ އެވެ.
ޓްރީ ޓޮޕް ހޮސްޕީޓަލުގެ އޯތޯޕީޑިކް ސްޕެޝަލިސްޓުންނަކީ ތަޖުރިބާކާރު މާހިރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށް ދެމުން އަންނަ ހޮސްޕިޓަލެކެވެ.