ޝާހިދު އދ. ގެ ރިޔާސަތު ބެލެހެއްޓެވި ގޮތަށް ސޭޝެލްސް ރައީސްގެ ތައުރީފު

ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތީ، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އެއް އަހަރުގެ ދައުރަކަށެވެ. ޝާހިދު އެ މަގާމަށް ވަޑައިގަތީ، 143 ގައުމުގެ ތާއީދާއެކު އެވެ.

ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން: ދެ ގައުމުގެ ރައީސުންގެ ގުޅިފައިވާ ބަޔާން އިއްވަނީ

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތަށް ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ތައުރީފު ކުރައްވައިފި އެވެ. 

މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު ދެއްވި ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއާ ސޭޝެލްސްއާ ދެމެދު އެކި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އަދި އދ. ގެ މަގާމުތަކަށް ރާއްޖެއިން ވާދަ ކުރެއްވި ބޭފުޅުންގެ ތެރެއިން، ސޭޝެލްސްގެ ތާއީދާއެކު މަގާމު ހާސިލު ކުރެއްވި ބޭފުޅުންނާމެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ފޮރިން މިނިސްޓަރު، އަޅުގަނޑުގެ އެކުވެރި ޝާހިދު، އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ހޮވުމަށް އަޅުގަނޑުމެން ތާއީދުކުރީ އެއީ އެކަމަށް ގާބިލު ބޭފުޅެއްކަން އެނގިތިބެ،" ރާމްކަލާވަން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ގޮތާމެދު އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ސޭޝެލްސް ފަހުރުވެރިވާ ކަމަށެވެ. އަދި އެއީ އެ ގައުމަށް ލިބުނު ހިތްވަރެއް ކަމަށް ވެސް ރާމްކަލާވަން ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތީ، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އެއް އަހަރުގެ ދައުރަކަށެވެ. ޝާހިދު އެ މަގާމަށް ވަޑައިގަތީ، 143 ގައުމުގެ ތާއީދާއެކު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.