ރާއްޖޭން ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދަންނަވައިފި

ސޭޝެލްސްގެ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސޭޝެލްސްއާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރާނެ އެވެ.

ސޭޝެލްސްގެ ރައީސް މިއަދު ހަތްކޮޅުގައި ރައީސް އޮފީހަށް ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއަށް ރާއްޖެއިން ރަސްމީ މަރުހާބާ ދަންނަވައިފި އެވެ. 

އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމީ ހަރަކާތްތައް ކުރިޔަށް ދިޔައީ މިއަދު މާލޭގެ ޖުމްހޫރީ މައިދާނުގަ އެވެ. ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން އިއްޒުއްދީނު ފާލަމުން މާލެއަށް ފައިބައި ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުހާބާ ދެންވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދެވެ. އަދި ރާއްޖޭގެ ސްކޫލް ކުދިން އެބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހުށަހަޅައިދިން އައިޓަމެއް ބައްލަވާލެއްވި އެވެ.

މި ރަސްމިއްޔާތުގައި، ރައީސް ސޯލިހާއި ސޭޝެލްސްގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ސިފައިން ވަނީ 21 ބަޑީގެ ސަލާމެއް އެރުވާ ރާއްޖެއާއި ސޭޝެލްސްގެ ގައުމީ ސަލާމް ކުޅެފަ އެވެ. އޭގެ ފަހުން ސޭޝެލްސްގެ ރައީސްގެ ޝަރަފުގައި އޮތް ސިފައިންގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.

މި ރަސްމިއްޔާތުގައި، ރައީސް ނައިބާއި ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ސޭޝެލްސްގެ ރައީސަށް ތައާރުފުކޮށް އެރުވި އެވެ. އަދި ސޭޝެލްސްގެ ރައީސް އެމަނިކުފާނުގެ އަރިހުގައި ރާއްޖެވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތައާރުފުކޮށް އެރުވި އެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތައްފަހު ސޭޝެލްސްގެ ރައީސް‏ ވޭވަލް ރާމްކަލާވަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސް އޮފީހަށެވެ. އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އަދި ސޭޝެލްސްގެ ރައީސް، ރައީސް އޮފީހަށް ޒިޔާރަތް ކުރައްވާ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއި ކުރެއްވި އެވެ.

ސޭޝެލްސްގެ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސޭޝެލްސްއާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރާނެ އެވެ. ސޭޝެލްސްގެ ރައީސްގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެންދުރުގެ ފަރިއްކޮޅެއް މިއަދު މެންދުރުފަހު އޮންނާނެ އެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.