ސޭޝެލްސްގެ ރައީސް މާލެ ވަޑައިގަންނަވާތީ ފަޅުތެރެ ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލެއް

ފުލުހުން ބުނީ ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން މާލެ ވަޑައިގަންނަވާތީ މާލެ ފަޅުތެރެއިން ބައެއް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަަމަށެވެ.

މާލޭގެ ރަސްމީ ޖެޓީ

ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން މާލެ ވަޑައިގަންނަވާތީ މާލެ ފަޅުތެރެއިން ބައެއް ބަންދު ކުރުމަށް ނިންމާ އެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.

ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށެވެ. ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރު ފަހު އެވެ. ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ. 

ފުލުހުން ބުނީ ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން މާލެ ވަޑައިގަންނަވާތީ މާލެ ފަޅުތެރެއިން ބައެއް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަަމަށެވެ. އަދި ރަސްމީ ފާލަން ހިމެނޭ ސަރަހައްދުގައި ޕާކު ކުރުން މަނާކޮށްފައިވާ ކަމަށެވެ.

ބަންދު ކުރަން ހަމަޖެހިފައިވާ ސަރަހައްދު އަންގައިދޭ ޗާޓެއް -- ފޮޓޯ: ޕޮލިސް

ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި އެއަށްފަހު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި ކަންކަމާއި ގުޅޭގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ސޭޝެލްސްގެ ރައީސް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަކީ ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް ބުންޏެވެ.

ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ޖުލައި 1، 1980 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.