އަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައީސް އޮފީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަނީ

ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން ދަފްތަރުގައި ސޮއި ކުރެއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މާފަންނު ދޫރެސް އަބްދުﷲ ޖަމީލް

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މާފަންނު ދޫރެސް އަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަލްމަރްހޫމް އަބްދުﷲ ޖަމީލް އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ވާތީ ދަފްތަރު ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ އެ އޮފީހުގައެވެ. ދަފްތަރު ހުޅުވިފައި އޮންނާނީ ޖޫން މަހުގެ 13ވާ އަންގާރަ ދުވަހުން ފެށިގެން 15 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10 ން މެންދުރުފަހު އެކަކަށެވެ.

ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން ދަފްތަރުގައި ސޮއި ކުރެއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އަބްދުﷲ ޖަމީލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 14 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓެރީ ކަމުގެ މަގާމާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމު އެ މަނިކުފާނު ވަނީ ފުރުއްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.