ކުރީގެ ކުރިކެޓް ކޯޗަށް 53 އަހަރުގެ ހުކުމެއް

ރާއްޖޭގެ ކުރީގެ ކުރިކެޓް ކޯޗްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް ސާބިތުވުމުންނެވެ. ޖުމްލަ ހަތް ދައުވާ އެއް އުފުލި އެވެ.

ރާއްޖޭގެ ކުރީގެ ކުރިކެޓް ކޯޗް

ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކޯޗް މުހައްމަދު އާސިފް އަމީން ޚާން އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ރާއްޖޭގެ ކުރީގެ ކުރިކެޓް ކޯޗްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް ސާބިތުވުމުންނެވެ. ޖުމްލަ ހަތް ދައުވާ އެއް އުފުލި އެވެ. އެ ދައުވާތައް ސާބިތުވާ ކަމަށް ނިންމާ 53 އަހަރުގެ ދިގު ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މުހައްމަދު އާސިފް އަމީން ޚާންގެ މައްޗަށް އުފުލާފައިވަނީ؛ 

  •  ޖިންސީ ގޯނާކުރުން - ތިން ދައުވާ
  •  އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާ - ދެ ދައުވާ
  •  ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާ
  •  ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ

މި ދައުވާތައް ސާބިތުވެ 53 އަހަރާއި ދެ މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ޖިންސީ ގޯނާގެ މި ދައުވާތައް ސާބިތުވީ އޭނާގެ ޝިކާރައަކަށްވީ ގިނަ ކުދީންތަކެއް އެ ވާހަކަތައް ކިޔައި ދިނުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.