އައްޑޫގެ ކުރީގެ އަތޮޅުވެރިޔާ މުހައްމަދު އިބްރާހިމް ދީދީ އަވަހާރަވެއްޖެ

މުހައްމަދު އިބްރާހިމް ދީދީ އަކީ އައްޑުއަތޮޅުގެ ތަރައްގީ އަށް، ހާއްސަކޮށް ހިތަދޫގެ ތަރައްގީ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

މުހައްމަދު އިބްރާހިމް ދީދީ އަކީ އައްޑުއަތޮޅުގެ ތަރައްގީ އަށް، ހާއްސަކޮށް ހިތަދޫގެ ތަރައްގީ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް

އައްޑުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އެ ސިޓީގެ ހިދުމަތްތެެެެެރިޔާ މުހައްމަދު އިބްރާހިމް ދީދީ (ތުއްބީގެ މުހައްމައިދީ) މިރޭ މެންދަމު އަވަހާރަ ވެއްޖެ އެވެ.

އަވަހާރަވީ އުމުރުން 86 އަހަރުގަ އެވެ.

މުހައްމަދު އިބްރާހިމް ދީދީ އަކީ އައްޑުއަތޮޅުގެ ތަރައްގީ އަށް، ހާއްސަކޮށް ހިތަދޫގެ ތަރައްގީ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 1964 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އައްޑުއަތޮޅު ހިތަދޫ ކުޑަކަތީބުގެ މަގާމާ ހަވާލުވެވަޑައިގެން ސަރުކާރު ހިދުމަތަށް ނުކުމެވަޑައިގެންނެވީ އޭނާގެ ޒުވާން އުމުރުގައެވެ. ހިތަދޫ ގައުކެޑިއާއި ހަންކެޑެ ގުޅައިލުމަށް އެޅި ފާލަމަކީ ކުޑަކަތީބުގެ މަގާމުގައި ހުންނަވައިގެން، މުހައްމަދު އިބްރާހީމްދީދީގެ ސީދާ ބެއްލެވުމާއި ބައިވެރިވެވަޑައިގަތުން އޮވެގެން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.

މުހައްމަދު އިބްރާހިމް ދީދީ އަކީ ހިތަދޫ ކަތީބުކަމާއި ހިތަދޫ ބޮޑުކަތީބުކަމާއި އަތޮޅުވެރިޔާގެ އެހީތެރިކަމާއި އައްޑުއަތޮޅު އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ހާއްސަ އެހީތެރިޔާކަމާއި ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

މުހައްމަދު އިބްރާހިމް ދީދީ ދައުލަތުގެ ހިދުމަތުން ވަކިވެވަޑައިގެންނެވީ 43 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.