ރައީސްގެ ސިޓީފުޅު 241 ކޮމެޓީއާ ހިއްސާކުރަން ތައްޔާރު: ސަރުކާރު

"ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން އެދިއްޖެކަމުގައިވާނަމަ، ސިޓީފުޅު ރައީސް ފޮނުވާނެ، އެހެން ނަމަވެސް އާއްމު އުސޫލެއްގެ ގޮތުން ދުނިޔޭގެ ދެ ގައުމެއްގެ ވެރިންގެ ދެމެދުގައި ބަދަލު ކުރެވޭ ލިޔުންތަކަކީ ނުވަތަ ސިޓީފުޅު ތަަކަކަކީ އާއްމު ކުރާ އެއްޗެއް ނޫން ދުނިޔޭގެ އެއްވެސް ތަނެއްގައި،"

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވާހަކަ ދައްކަވަނީ --

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އެދިއްޖެ ނަމަ ހިއްސާ ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިޓްލޮސް އިން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމުގައި ރައީސްގެ ސިޓީފުޅަށް ހަވަލާދީފައިވާ ކަމަށް ބުނެ އެ ސިޓީ އާންމު ކުރުމަށް ސިޔާސީ ޕާޓީތަކާއި މަޖިލީސް މެންބަރުން ގެންދަވަނީ ގޮވާލައްވަމުންނެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ހޯދަން ނިންމަވައިގެން ހުންނެވި ކަމަށް އެ ކޮމެޓީގެ މުގައްރިރު / މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ސިޓީފުޅަކީ އެއްވެސް ބަޔަކާ ހިއްސާ ނުކުރާ ގޮތަށް އޮތް ސިއްރު ސިޓީފުޅެއް ނޫނެވެ. އަދި އެއީ ސިއްރިޔާތުގައި ބަދަލުކުރި ސިޓީއެއް ނޫން ކަމަށް ވިދާޅުވެ 241 ކޮމެޓީން އެދިއްޖެނަމަ އެ ސިޓީފުޅު ހިއްސާ ކުރެއްވުމަށް ސަރުކާރު ތައްޔާރު ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން އެދިއްޖެކަމުގައިވާނަމަ، ސިޓީފުޅު ރައީސް ފޮނުވާނެ، އެހެން ނަމަވެސް އާއްމު އުސޫލެއްގެ ގޮތުން ދުނިޔޭގެ ދެ ގައުމެއްގެ ވެރިންގެ ދެމެދުގައި ބަދަލު ކުރެވޭ ލިޔުންތަކަކީ ނުވަތަ ސިޓީފުޅު ތަަކަކަކީ އާއްމު ކުރާ އެއްޗެއް ނޫން ދުނިޔޭގެ އެއްވެސް ތަނެއްގައި،" މިއުވާން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވަނީ

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނާ ބޭފުޅުންގެ ނަަޒަރުގައި އެ ނިންމުން އައުމުގައި ރައީސްގެ ސިޓީގެ ދައުރު ވަރަށް މުހިންމެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާ ކަަމަށް އިދިކޮޅު ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ވިދާޅުވެއެވެ.

އެ ސިޓީ ހާމަކުރުމަށްވެސް އިދިކޮޅު ޕާޓީތަކުން ދަަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ކުރަން ގަސްތެއް ނުކުރެއެވެ. ސިޓީ ހާމަކުރަން ދެކޮޅު ހެދުމަކީ އެ ކަމުގައި ވަރަށް ބޮޑު ގޯހެއް އޮތް ކަމެއް ކަމަށް ދެކޭ މީހުން ގިނަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ ސަބަބުން ބައުންޑަރީ ޑީލިމިޓް ކުރުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެޓާނީ ޖެެނެރަލްގެ އޮފީހުން ބުނީ އދ ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން އެ ގައުމުގެ ބޮޑުވަޒީރަށް އަންގަވާފައިވަނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދުގައި އިޓްލޮސްގައި ހިނގި މައްސަލައިގައި މައުލީއީ ގޮތުން ޖަވާބުދާރީވެ ނިމުނު ފަހުން އޮގަސްޓް 22، 2022 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.