ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ގޮނޑި ހުސްވީ އެކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ ރިޓަޔާ ކުރެއްވުމުންނެވެ. އެތަނުން އެއް މަގާމަށް އައްޔަނުކުރެއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ޝަކީލެވެ

ހައިކޯޓަށް އަލަށް އައްޔަނުކުރި ފަނޑިޔާރު ޝަނީޒަށް ޖޭއެސްސީގެ ރައީސް ހިސާން ފަތްކޮޅު އަރުއްވަނީ --

ހައިކޯޓާއި ކްރިމިނަލް ކޯޓަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން އައްޔަނުކޮށް ހުވާކޮށްފި އެވެ.

ހައިކޯޓަށް އަލަށް އައްޔަނުކޮށްފައި ވަނީ ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓުކަމުގެ މަގާމުގައި ކުރިން ހުންނެވި، މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

އޭނާ އަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޝާނިޒަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގައި ނުވަ އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކްރިމިނަލް ކޯޓަށް އަލަށް އައްޔަނުކޮށްފައި ވަނީ އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރައްވަމުން ގެންދެވި އާއިޝަތު ނުޒުހާ އެވެ. ނުޒުހާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ (ވިތް އޮނާސް) އަދި މާސްޓާ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ނުޒުހާ އަކީ ގާނޫނީ ދާއިރާގައި ހަތް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކްރިމިނަލް ކޯޓަށް އަލަށް އައްޔަނުކުރި ގާޒީ އައިޝަތު ނުޒުހާ އަށް ޖޭއެސްސީގެ ރައީސް ހިސާން ފަތްކޮޅު އަރުއްވަނީ --

ޖޭއެސްސީ އިން މިއަދު ވަނީ ގއ. ވިލިނގިރި މެޖިސްޓްރޭޓް ކޯޓަށް ވެސް މެޖިސްޓްރޭޓަރު އައްޔަނުކޮށްފަ އެވެ. އެ ކޯޓަށް އައްޔަނުކޮށްފައި ވަނީ އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އެރަށު އައިޝަތު ޝިހާބެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ގޮނޑި ހުސްވީ އެކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ ރިޓަޔާ ކުރެއްވުމުންނެވެ. އެތަނުން އެއް މަގާމަށް އައްޔަނުކުރެއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ޝަކީލެވެ. މިއަދު އަލަށް އައްޔަނުކުރި ފަނޑިޔާރާއެކު ހައިކޯޓުގެ ބެންޗު ވަނީ ފުރިހަމަވެފަ އެވެ.

ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފައި ވަނީ ގާޒީ ހަސަން ސައީދު ރިޓަޔާކުރެއްވުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.