އިނގިރޭސިވިލާތުން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަނީ

އިނގިރޭސިވިލާތަކީ ރާއްޖެއިން ދެވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓުކުރާ ގައުމެވެ. ނަމަވެސް، އެ ގައުމަށް އެތެރެކުރާ މަހުން ރާއްޖެއަށް ޑިއުޓީ މާފު ނުވާތީ، އެ މާކެޓުގައި ރާއްޖޭގެ އުފެއްދުންތަކަށް ހުރަސްތައް ކުރިމަތިވެފައިވެއެވެ.

އިނގިރޭސިވިލާތުން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ގައުމުގެ ޑިޕާޓްމެންޓް ފޯ ބިޒްނަސް އެންޑް ޓްރޭޑުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވިޔަފާރި މުދަލަށް އެކަނި އެކުލަވާލައި / ގޫޑްސް އޮންލީ އެގްރިމަންޓެއް ނެގޯޝިއޭޓް ކުރުމަށް، ވިޔަފާރިތަކާއި، އޯގަނައިޒޭޝަންތައް އަދި އާންމު ފަރުދުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައެވެ. ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ އޯގަސްޓު މަހުގެ ދެ ވަނަ ދުވަހާ ހަމައަށް، އަށް ހަފުތާގެ މުއްދަތެކެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަކީ ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރި ގާއިމު ކުރެވިފައި ނުވާ އަދި އިނގިރޭސި މާކެޓަށް ވަނުމުގައި ހާއްސަކަމެއް ނުލިބޭ މަދު ގައުމު ތަކުގެ ތެރެއިން ގައުމެއް ކަމަށެވެ. 

"އާންމު ޚިޔާލު ހޯދުމުން، އިނގިރޭސި ވިޔަފާރިތަކުން ރާއްޖެއަށް މުދާ އެކްސްޕޯޓުކުރުމުގައި ހުރި ހުރަސްތައް ވެސް ފާހަގަ ކުރެވޭނެއެވެ" އެ ބަޔާނުގައި ވެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއިން ދެވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓުކުރާ ގައުމެވެ. މިދިޔަ މާޗުމަހުގެ އެކްސްޕޯޓުގައި އެ ގައުމުން 9 އިންސައްތަ ހިއްސާކުރިއެވެ. ނަމަވެސް، އެ ގައުމަށް އެތެރެކުރާ މަހުން ރާއްޖެއަށް ޑިއުޓީ މާފު ނުވާތީ، އެ މާކެޓުގައި ރާއްޖޭގެ އުފެއްދުންތަކަށް ހުރަސްތައް ކުރިމަތިވެފައިވެއެވެ.

ރާއްޖެއާއެކު، އިނގިރޭސިވިލާތުން އެފްޓީއޭ ގާއިމުކުރުމަށް މަސައްކަތް ފެށިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ރާއްޖެއާ ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއް އެކުލަވާލިއެވެ. ނަމަވެސް، މިހާތަނަށް ވެސް އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.