އެނާ 1985 ވަނަ އަހަރު ފެއްޓެވި ސިފައިންގެ ޚިދުމަތުން ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރެއްވީ 2019 ވަނަ އަހަރުއެވެ.
ސިފައިންގެއަށް 34 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަސްޓް ސާޖަންޓް (ރިޓަޔަޑް) އާދަމް ހަސަން މަނިކު ނިޔާވެއްޖެ އެވެ. އުމުރުން 64 އަހަރުގައި އޭނާ މިއަދު ނިޔާވީ ކުއްލި ގޮތަކަށެވެ.
އޭނާ ސިފައިންގޭގައި އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވަނީ ރައީސުންނާއި، ސަރުކާރުގެ އެހެނިހެން ވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕު (އެސްޕީޖީ) ގައެވެ.
އެނާ 1985 ވަނަ އަހަރު ފެއްޓެވި ސިފައިންގެ ޚިދުމަތުން ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރެއްވީ 2019 ވަނަ އަހަރުއެވެ.
އާދަމް ހަސަންގެ ކަށުނަމާދު އޮތީ މިރޭގެ އިޝާ ނަމާދަށްފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.