ދައުލަތުގެ ވަކީލުންނާ ދިމައެއް ނުކުރޭ، ޔާމީން ކޮށްލެއްވީ ސަމާސާއެއް: ވަކީލް

ވަކީލުން ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ސުވާލެއް ކުރެއްވި ކަމަށާ އެއީ ހަމައެކަނި ސަމާސާ އަކަށް ކުރެއްވި ސުވާލެއް ކަމަށް ވިދާޅުވި އެވެ.

އީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ފެށުމަށް މިއަދު ހައިކޯޓްގައި އޮތް ޝަރީއަތުގެ އަޑު އެހުމަށް ފަހު ދައުލަތުގެ ވަކީލުންނާއި، ރައީސް ޔާމީން ދިމާކޮށްލެއްވި ކަމަށް ފަތުރާ ހަބަރު އެމަނިކުފާނުގެ ވަކީލުން ދޮގު ކުރައްވައިފި އެވެ.

ނޫހެއްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަދުގެ އަޑުއެހުމަށް ފަހު ރައީސް ޔާމީން ވަނީ ދައުލަތުގެ ވަކީލުންނާއި ދިމާކޮށް ލައްވާފައެވެ. ދިމާކޮށް ލެއްވި ކަމަށް ސިފަ ކޮށްފައި ވަނީ ޔާމީނާއި ދެކޮޅު މައްސަލާގައި ވަކީލުން ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަަމަށް އެމަނިކުފާނު ވިދާޅުވި ކަަމަށް ބުނެ އެވެ. ދައުލަތުގެ ވަކީލުންނަށް އިޝާރާތް ކޮށް ދައްކަވާ ވާހަކަތަކުގެ "ސެންސް މޭކް" ނުކުރޭ ކަމަށް ވިދާޅުވި ކަމަށް ޕީޖީގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.

އެ ރިޕޯޓްކުރުން ދޮގުކޮށް ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ރައީސް ޔާމީން، ދައުލަތުގެ ވަކީލުންނާއި ދިމާ ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ވަކީލުން ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ސުވާލެއް ކުރެއްވި ކަމަށާ އެއީ ހަމައެކަނި ސަމާސާ އަކަށް ކުރެއްވި ސުވާލެއް ކަމަށް ވިދާޅުވި އެވެ.

އަދި ރައީސް ޔާމީނާއި ރައީސް މުހައްމދު ނަޝީދަށް މި ސަރުކާރުން އަނިޔާ ކުރަމުންދާ ކަމަށް ވިދާޅުވެ އެކަންކަން ސިއްރު ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

" ދައުވާތަކަކީ ޖަހާ ސަކަރާތެއް،" ޖަމީލް ވިދާޅުވި އެވެ.

ހައިކޯޓުގައި މިއަދު ވަނީ އާރަށު މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ. އެންމެ ފުރަތަމަ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައި ވަނީ ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށްލާފައިވާ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމެވެ. އޭނާ ވަނީ ހަތަރު ނުކުތާއެއް ހުށަހަޅާފަ އެވެ. 

މިއަދުގެ އަޑުއެހުމުގައި ނައީމްގެ ބައި އެއްކޮށް ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. އެކަމަކު ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް ފަނޑިޔާރުން ވިދާޅެއް ނުވެ އެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ހުޒެއިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.