"ނަޝީދު ފުރައްސާރަ ކޮށްފި، ބުނި އެއްޗަކަށް އެއްޗެއް ބުނާނަން"

"ކޮންމެ ދުވަހަކު ތަޅުމުގަ ހިނގާކަންކަމާ ޒާތީވެ މަޖިލިސް ތެރޭ މީހުންނަށް ބިރުދައްކާ ފުރައްސާރަ ކުރަމުން މީނަ [ރައީސް ނަޝީދު] ހިނގާ. ކުރިން ދުވަހު އެމްޕީ ޝިފާއު [އިހަވަންދޫ ދާއިރާގެ މެންބަރު] އާ ދިމާލައް ވެސް ބުނީ ދަތްޕިލާ ދުއްވާލަފާނަމޯ،"

ރައީސް މުހައްމަދު ނަޝީދު (ކ) މެންބަރު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލައެއް ނަަންގަވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަަލައަށް ވީ ކިހިނެތްތޯ ސުވާލު ކުރުމުން އެކަމުގެ ރުޅިވެރިކަމުގައި މަޖިލީސް ސައިކޮޓަރިތެރޭ ރައީސް ނަޝީދު އެކަމަނާއަށް ހަޖޫޖަ ފުރައްސާރަ ކޮށްފަައިވާ ކަަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ ދެންމެ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހިނގާ ކަންކަމާއި ގުޅިގެން ރައީސް ނަޝީދުގެ ފުރައްސާރައާ ކުރިމަތިލާން ޖެހުން އާންމު ކަަމަށް ވެފައިވާ ކަމަށެވެ. އެ ގޮތުން މިއަދު އެކަމަނާއަށް އެކަން ކުރިމަތިވެފައިވާ ކަމަށެވެ. އެ ގޮތުން ސައިކޮޓަރިތެރޭ އެކަމަނާއަށް މަލާމަތްކޮށް ހަޖޫޖަހާ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.

"މިއަދު މަޖިލިސް ޖަލްސާގައި ނިޒާމީ މައްސަލައެއް ނަގާ އޭޖީ މައްސަލައަށް ކިހިނެތްތޯވީ ސުވާލުކޮށް އެ ވާހަކަ އަހަމުން ދިޔައިމަ އޭގެ ރުޅިގަނޑު ނަޝީދު ވަނީ މަޖިލިސް ސައިކޮޓަރި ތެރޭ އަޅުގަނޑަށް ބާލާފައި. މަލާމާތްކޮށް، ހަޖޫޖަހާ، ހޯއްގޮވާ ފުރައްސާރަ ކުރި. މީ މިހާ [ރައީސް ނަޝީދު] ގެ ފެންވަރު. މިއީ އާ ކަމެއް ނޫން،" ރޮޒަައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު މަޖިލީސް ތަޅުމުގައި ހިނގާ ކަންކަމާއި ޒާތީވެ ރައީސް ނަޝީދު މަޖިލީސްތެރޭ މެންބަރުންނަށް ބިރު ދައްކާ ފުރައްސާރަ ކުރައްޗާ ކަމަށެވެ. އެ ގޮތުން އިއްޔެވެސް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް އިންޒާރު ދެއްވި ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ތަޅުމުގަ ހިނގާކަންކަމާ ޒާތީވެ މަޖިލިސް ތެރޭ މީހުންނަށް ބިރުދައްކާ ފުރައްސާރަ ކުރަމުން މީނަ [ރައީސް ނަޝީދު] ހިނގާ. ކުރިން ދުވަހު އެމްޕީ ޝިފާއު [އިހަވަންދޫ ދާއިރާގެ މެންބަރު] އާ ދިމާލައް ވެސް ބުނީ ދަތްޕިލާ ދުއްވާލަފާނަމޯ،" 

ރޮޒައިނާ ވަނީ ގޮވާ އެއްޗެހި އަޑުއަހަން އޭނާ މަޑުން ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

"ބުނި އެއްޗަކަށް އެއްޗެއް ބުނާނަން،" ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ރޮޒައިނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.