ބިދޭސީންގެ ސިޔާސަތު ހަދަން ގައުމީ އަދި ބައިނަލްއަގުވާމީ މަޝްވަރާ ކުރަންޖެހޭ: ޖަނާ

އެންއެފްއެމްއީ އަކީ ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ވަކަލާތު ކުރާ ފެޑެރޭޝަނެކެވެ. މި ފެޑެރޭޝަނުގައި ރާއްޖޭގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ގިނަ ޖަމިއްޔާ ތަކަކުން މެންބަރުކަން ކުރެއެވެ.

އައިއެލްއޯގެ އަހަރީ ކޮންފަރެންސުގައި ޖަނާހު ތަގުރީރު ކުރައްވަނީ

ބިދޭސީ މަސައްކަތްތެރިންނާބެހޭ އިންސާފުވެރި ސިޔާސަތެއް އެކުލަވައިލަން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރުކާރާއި، ޕްރައިވެޓް ސެކްޓަރުގެ މަޝްވަރާތައް ބޭނުންވާ ކަމަށް ރާއްޖޭގެ އެމްޕްލޯޔާސް ފެޑެރޭޝަން (އެންއެފްއެމްއީ) ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުގެ 111 ވަނަ އަހަރީ ކޮންފަރެންސްގައި އިއްޔެ ތަގުރީރު ކުރައްވަމުން ޖަނާ ވިދާޅުވީ މަސައްކަތްތެރިންގެ މެދުގައި އިޖުތިމާއީ އަދާލަތު ގާއިމު ކުރަން އެންއެފްއެމްއީ ފަދަ ޖަމާއަތްތަކަކީ މުހިއްމު ދައުރެއް އަދާ ކުރާ ބައެއް ކަމަށެވެ. 

މިސާލެއްގެ ގޮތުގައި ބިދޭސީ މަސައްކަތްތެރިން ނަންގަވައި ޖަނާ ވިދާޅުވީ ރާއްޖެއިން ވެސް ފެންނަ ފަދައިން، ލޭބާ ޕޫލް އިތުރަށް ފުޅާކޮށް، ބިދޭސީ މަސައްކަތްތެރިންނާއެކު، ގައުމުން ފަސޭހައިން ލިބެން ނެތް ހުނަރު ރާއްޖެއަށް ގެންނަނީ ވަޒީފާ ދޭ ފަރާތްތަކުން ކަމަށެވެ.

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުގެ 111 ވަނަ އަހަރީ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ޖަނާހު ބައިވެރިވެ ވަޑައިގަންނަވަނީ

"އެންއެފްއެމްއީން ދެކޭ ގޮތުގައި ދެމެހެއްޓެނިވި ތަރައްގީއަށް އަދި އިންސާފުވެރި ބަދަލުތަކަކަށް މަގުފަހި ކުރާނެ އަދި ހުރިހާ މަސްލަހަތުވެރިންނަށް ފައިދާ ކުރާނެހެން ބިދޭސީ މަސައްކަތްތެރިންގެ ސިޔާސަތެއް އެކުލަވައިލުމަށް ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭ" އޭނާ ވިދާޅުވި އެވެ.

ޖަނާގެ ވާހަކައިގައި މޫސުމަށް އަންނަ ބަދަލުތަކާއެކު، މަސައްކަތްތެރިންނަށް ކުރިމަތިވާ ހިރާސްތަކަށް ވެސް އަލިއަޅުވާލެއްވި އެވެ. ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ދެ ދާއިރާ ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރި ކަމަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ދެ ދާއިރާ ކަމަށެވެ.

އަދި ވިދާޅުވީ އެއާއެކު ވެސް، ތިމާވެށި ރައްކާތެރި ކުރުމާއި، މޫސުމީ ބަދަލުތަކަށް ހޭނުން ފަދަ ކަންކަމަކީ ރަނގަޅު ވަޒީފާތަކެއް އުފެދޭނެ ކަންކަން ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި އިގްތިސޯދީ ކުރިއެރުމާއި، އީޖާދުތަކަށް ވެސް ފުރުސަތު ފަހިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިއަހަރު އައިއެލްއޯގެ ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓް އިޖުތިމާއީ އަދާލަތުގެ މައުލޫއަށް ހާއްސަ ކުރައްވާފައިވާތީ، ޖަނާ ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން އިންސާފުވެރި ބަދަލުތަކެއް ގެނައުމަށް ހަމަހަމަ ކަމުގެ މުހިއްމުކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން މިންތީގެ ހަމަހަމަކަން ގާއިމުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޭ ހާމަނައިނޭޒަޝަނަކީ ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ރާއްޖެއިން އެންމެ ހާއްސަ ސަމާލުކަމެއް ދިން އެއް ކަންތައް. އެންއެފްއެމްއީ ފަދަ އެމްޕްލޯޔާސް އޯގަނައިޒޭޝަންތަކަކަކީ އެ ބަދަލު ގެނައުމުގައި އިސްވެ ހަރަކާތްތެރި ވުމަށް ސްޓްރެޖެޓިކް ރޯލެއް ކުޅެވޭނެ ބަޔެއް" އޭނާ ވިދާޅުވިއެވެ.

މި މަހުގެ ފަހަކުން 15 އަށް ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދާ އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ އޯގަނައިޒޭޝަނުގެ މެންބަރު ޖަމިއްޔާތަކުން ބައިވެރި ވެއެވެ. އެއީ އައިއެލްއޯގެ ނިންމުންތައް ނިންމާ އެންމެ މަތީ މަޖިލީހެވެ.

އައިއޯއީގެ ސެކްރެޓަރީ ޖެނެރަލް ރޮބާޓޯ ސުއަރޭޒް ސަންޗޭޒްއާ ޖަނާހު ބައްދަލު ކުރައްވަނީ

އައިއޯއީގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރެއްވި

މި ކޮންފަރެންސުގެ ހަވާސާގައި ޖަނާ ވަނީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ އެމްޕްލޯޔާސް (އައިއޯއީ) ގެ ސެކްރެޓަރީ ޖެނެރަލް ރޮބާޓޯ ސުއަރޭޒް ސަންޗޭޒްއާ ވެސް ބައްދަލު ކުރައްވާފަ އެވެ. އައިއޯއީއަކީ ދުނިޔޭގެ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާތައް އެކުލެވޭ ޖަމާއަތެކެވެ. އެންއެފްއެމްއީ އަކީ އެ ޖަމާއަތުގެ މެންބަރެކެވެ.

އެންއެފްއެމްއީ އަކީ ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ވަކަލާތު ކުރާ ފެޑެރޭޝަނެކެވެ. މި ފެޑެރޭޝަނުގައި ރާއްޖޭގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ގިނަ ޖަމިއްޔާ ތަކަކުން މެންބަރުކަން ކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.