ބީއެމްއެލުން "ކިލް ސްވިޗް" ތައާރަފް ކޮށްފި

ބީއެމްއެލް އިން މިހާރުވެސް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް ގައި ކާޑު ފްރީޒް / އަންފްރީޒް ފީޗާ ވަނީ ގާއިމް ކޮށްފަ އެވެ. އެ ފީޗާ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތީ ގޮތުން ކާޑު އިނެކްޓިވޭޓް ކުރެވެ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއެއް ކުރިޔަށް ދަނީ: ހަރުދަނާ ޒަމާނީ ފިޔަވަޅުތައް ބޭންކުން އަޅަމުންދޭ

ބޭންކުގެ ކަސްޓަމަރުން ސްކޭމުން ރައްކާތެރިކުރާށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރަން ބޭންކް އޮފް މޯލްޑިވްސް އިން ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ "ކިލް ސްވިޗް" ތައާރަފްކޮށްފި އެވެ.

ކިލް ސްވިޗަކީ ކޮބާ - "ކިލް ސްވިޗް" ބޭނުން ކޮށްގެން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ސެޝަންތަކުން ވަގުތުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއް ހިނގުމުގެ ކުރިން ކާޑުތައް ފްރީޒް ކޮށްލެވޭނެ އެވެ.

މި ފީޗާއަކީ އިންޓަނެޓް ބޭންކިންގެ ލޮގިން ޕޭޖުގައި ކަސްޓަމަރަށް އަމިއްލައަށް ބޭނުންކުރެވޭ ގޮތަށް ހިމަނާފައިވާ ފަންކްޝަނެކެވެ. ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި ވަގުތުން އެކްޓިވް ކުރެވޭނެ އެވެ.

ބީއެމްއެލުން ބުނަނީ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާރލް ސްޓުމްކަ ވިދާޅުވީ މި ފީޗާއަކީ ސްކޭމް އާ ދެކޮޅަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ތައާރަފުކުރި ފީޗާއެއް ކަމަށާއި ސްކޭމެއް ހިނގައިފި ކަމަށް ފާހަގަވުމުން، ފުރަތަމަ އަޅާ ފިޔަވަޅެއްގެ ގޮތު ކަސްޓަމަރުންނަށް ކާޑުތަކާއި އިންޓަނެޓް ބޭންކިން ފްރީޒް ކުރެވޭނެ ކަމަށެވެ.

"ކިލް ސްވިޗް" ކުރުމަށްފަހު، ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ކަސްޓަމަރުން ކޮންޓެކްޓް ސެންޓަރަށް ގުޅައިގެނެވެ. ނޫނީ އެންމެ ކައިރީ ހުންނަ ބޭންކްގެ ބްރާންޗަކަށް ގޮސްގެނެވެ. ބޭންކުން އެކްޓިވޭޓްކޮށް ދޭނީ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހު އެވެ.

ކިލް ސްވިޗް އެކްޓިވޭޓް ކުރާނީ

  •  ބޭންކުގެ ވެބްސައިޓްގެ އިންޓަނެޓް ބޭންކިން ލޮގިން ޕޭޖަށް ދޭ
  •  'ކިލް ސްވިޗް' އަށް ފިތާލާ
  •  އައިޑީ ކާޑު ނަންބަރު ޖަހާ
  •  ކޮންފާމް ކުރުމަށް އޯޓީޕީ ޖަހާ

ކިލް ސްވިޗް އެނޭބަލް ވުމުން، ސްކްރީން އަށް އަދި އެސްއެމްއެސް މެދުވެރިކޮށް ކޮންފަމޭޝަން ލިބޭނެ އެވެ.  

ބީއެމްއެލް އިން މިހާރުވެސް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް ގައި ކާޑު ފްރީޒް / އަންފްރީޒް ފީޗާ ވަނީ ގާއިމް ކޮށްފަ އެވެ. އެ ފީޗާ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތީ ގޮތުން ކާޑު އިނެކްޓިވޭޓް ކުރެވެ އެވެ. 

މިދިއަ ދުވަސްތަކުގައި ބީއެމްއެލުން ވަނީ ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރަން ގިނަފިޔަވަޅުތަކެއް އަޅާފައެވެ. މިދިއަ މެއި މަހު ބޭންކުން ވަނީ އިންޓަނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓާ އޮތަންޓިކޭޝަން ތައާރަފުކޮށްފަ އެވެ. އެ އަޕްޑޭޓް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރަން އިތުރު ސެކިއުރިޓީ ލެޔާއެއް ލާފައި ވެއެވެ.

އަދި އޭގެ ކުރީން މާރިޗު މަހުގެ ތެރޭގައި އިންޓަނެޓާއި މޯބައިލް ބޭންކިން އަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަ ގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓް-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރި އެވެ.

މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލް އެއްގޮތުގައި އީމެއިލް ހުއްޓާލާ އިންޓަނެޓް އަދި މޯބައިލް ބޭންކިން މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފަށާފަ އެވެ.

ބީއެމްއެލްގެ ހިދުމަތް

ބީއެމްއެލު އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ދެއެވެ. އަދި ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އަމާޒަކީ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ދިނުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.