ދެ ބޯ ލީ ގެރީގެ ސިއްހަތުގައި މައްސަލައެއް ނެތެވެ. އިންޑިއާގައި އޮންނަ ބާތިލު ބައެއް ދީންތަކުގައި ގެރިއަކީ އެ މީހުންގެ ކަލާނގެއެއް ކަމަށް ބަލައި ޝިރުކު ކޮށްގެން އުޅެ އެވެ.
ނާދިރު ހާލަތެއްގައި އައިބު އަދި އަޖައިބު ކުރުވާ ގޮތްގޮތަށް ޖަނަވާރުތައް ވެސް އުފަންވެ އެވެ. އިިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޖައިޕޫރްގައި ދެ ބޯ ލީ ގެރިއެެއް އުފަން ވެއްޖެ އެވެ.
މިދިޔަ މަހު އުފަންވި ދެ ބޯ ލީ ގެރިއަކީ ބޮޑުވެގެންވާ "މުއުޖިޒާތެއް" ކަމަށް ސިފަކޮށް ޖައިޕޫރުގައި ދަނީ ގެރިއަށް ސަނާ ކިޔަމުންނެވެ. އަދި ދެ ބޯ ލީ ގެރި ބަލަން ދުރު އަވަށްތަކުން މީހުން ބައި ބަޔަށް ދަނީ ޖަމާ ވަމުންނެވެ.
ދެ ބޯ ލީ މި ގެރީގައި ހުރީ ދެ ކަންފަތެވެ. އަނގަ ހުރީ ދެ ބޮލާއި ގުޅިފައިވާއިރު ހަތަރު ލޮލާއި، ދެ ނޭފަތް ހުރެ އެވެ. ގެރީގެ ދެ ބޯ ފެންނަނީ ވަކި ވަކިން ހުންނަ ތަނެވެ.
ދެ ބޯ ލީ ގެރީގެ ސިއްހަތުގައި މައްސަލައެއް ނެތެވެ. އިންޑިއާގައި އޮންނަ ބާތިލު ބައެއް ދީންތަކުގައި ގެރިއަކީ އެ މީހުންގެ ކަލާނގެއެއް ކަމަށް ބަލައި ޝިރުކު ކޮށްގެން އުޅެ އެވެ.