ތަކެތީގެ އަގު އުފުލެނީ ފައިސާ ޗާޕުކުރާތީ، ޑޮލަރު ނުލިބޭތީ: ސަލީމް

ރެޑްވޭވް ސަލީމް ވިދާޅުވީ ޑޮލަރު ނުލިބޭތީ ތަކެތީގެ އަގު 10 ޕަސެންޓް އުފިއްޖެކަމަށް، ނަމަވެސް ޑޮލަރު ލިބޭނަމަ މިކަން ހައްލުވާނެ ކަމަށް

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް: ސަރުކާރުން ފައިސާ ޗާޕް ކުރާ މައްސަލާގައި ފާޑު ވިދާޅުވި -- މަޖިލީސް

ރާއްޖޭގައި ތަކެތީގެ އުފުލުމުގެ މައިގަނޑު ސަބަބަކީ ފައިސާ ޗާޕު ކުރުމާއި ވިޔަފާރިވެރިންނަށް ޑޮލަރު ނުދޭތީ ކަމަށް އެންމެ ބޮޑު ހޯލްސޭލް ޗެއިން، ރެޑްވޭވުގެ ވެރިޔާ އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. 

ތަކެތީގެ އަގު އުފުލުމާ ގުޅިގެން މަޖިލީހަށް ލާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވި ގޮތުގައި ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލުގެ އަގު ބޮޑުތަން މަތިވެގެނެއް ނޫޅެ އެވެ. މުދަލުގެ އަގު ބޮޑުތަން އުފުލިގެން އުޅެނީ ޔޫރަޕު ހަނގުރާމައާ ގުޅިގެން ޔޫރަޕުގަ އެވެ. ރާއްޖޭގައި އެ ހާލަތެއް ނެތެވެ. 

"ރާއްޖޭގަ މައްސަލައަކީ ޑޮލަރު ނުލިބުން. ރާއްޖޭގައި ޑޮލަރު ރޭޓަކީ 15.42، އެހެންނަމަވެސް އާއްމުކޮށް ބަދަލުވެފައި މިވަނީ 17.50ރ. އަށް. މައްސަލައަކީ ދައުލަތް ހިންގުމުގެ ނަމުގައި ފައިސާ ޗާޕު ކުރުން. ކޮވިޑުގެ ދުވަސްވަރު މައްސަލައެއް ނެތް ފައިސާ ޗާޕު ކުރުން. އެހެން ނަމަވެސް ކޮންމެ އަހަރަކު ޗާޕު ކުރާ ނިޒާމަކަށް ދިއުމަކީ އަދި އިގްތިސޯދު ރަނގަޅު ކުރަން ކުރާ ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ. 

"ތަކެތީގެ އަގު މީގެ ސަބަބުން 10 ޕަސެންޓް އެބަ މައްޗަށް ދޭ. މިހާރު ވެސް ދައުލަތުން ޑޮލަރު 15.42ރ. އަށް ލިބޭނެ ގޮތެއް ހަމަޖައްސައިފިނަމަ ތަކެތީގެ އަގު ވެއްޓިގެން ދާނެ. އެހާ ސިމްޕަލްކަމެއް މިއީ،" ސަލީމް ވިދާޅުވި އެވެ.

ވިދާޅުވީ ތަކެތީގެ އަގުތައް މައްޗަށް ދިއުމުގައި ދައުލަތުން ދޭ ހިދުމަތްތަކުގެ އަގު އުފުލުމަކީ ވެސް ބޮޑު ސަބަބެއް ކަމަށެވެ. 

"ވިޔަފާރިވެރިންގެ އަތުން ކުނި ނަގާ އަގު ތިން ގުނަ އުފުލިއްޖެ. އެމްޕީއެލްގެ ހިދުމަތްތަކުގެ އަގު ބޮޑުވެއްޖެ. މިސާލަކަށް ތިލަފުށި، ގުޅިފަޅު ކުރިން އަކަފޫޓެއް 5ރ. އަށް މިހާރު 15ރ. އަށް އުފުލިއްޖެ. މިއީ ސަބަބަކީ. ސަރުކާރުން ކޮށްދޭންވީ ކަމަކީ ނަގާ ހަރަދުތައް މަދު ކޮށްފައި ދައުލަތުގެ ހަރަދުތައް ކުޑަ ކުރަންވީ،" ސަލީމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.